މިލިއުން ޝެއަރ ކުރައްވާ

ރާއްޖޭގެ އިގްތިސާދު 2024 : ކުރިއެރުމާއި ހިރާސްތަކާއި ގޮންޖެހުންތައް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ދަރަނިތަކަށް 5.1 ބިލިއަން ހޭދަކުރުމާ އެކު، ބަޖެޓުގެ ބެލެންސް 1.3 ބިލިއަން އަރަނިކޮށްފި

އައިއެމް އެފް އިން ބުނާގޮތުގައި ދިވެހިރާއްޖޭގެ އިގްތިސާދު %6.5ގެ ކުރިއެރުމެއް މިނިމުނު 2023 ވަނައަހަރު ފެނިފައިވެއެވެ. ދެކުނު އޭޝިއާގެ ގައުމުތަކާ އަޅާ ބަލާއިރު ޖީޑީޕީ ޕަރ ކެޕިޓާ ކުރީގައި އުޅުން މިއީ އިގްތިސާދު    ރަނގަޅުކަމުގެ ނިޝާނެކެވެ. ލިބިފައިވާ ކުރިއެރުމުގެ މަސްދަރަކަށް ބެލެވެނީ ހިދްމަތުގެ  ދާއިރާ ކަމުގައިވާ  ފަތުރުވެރިކަމެވެ.  މިއީ ޖީޑީޕީ އަދި ބޭރުފައިސާއަށް ބޮޑުބައެއް ހިއްސާކުރާ ދާއިރާވެސް މެއެވެ.  ކޯވިޑްގެ ގެފަހުން އިގްތިސާދު އާރާސްތުވި މިންވަރު އަވަސްކަމުގެ ސަބަބުން ފެނުނު އިޤްތިސާދީ ކުރިއެރުމުގައި ރާއްޖޭގެ މިހާރުގެ ޖީޑީޕީ ޕަރކެޕިޓާ އަކީ 17,558.75 ޔޫއެސް ޑޮލަރ ގައެެވެ.

އިގްތިސާދީ ގޮންޖެހުންތައް: ކުރިއެރުންތަކާޢި އެކުވެސް ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި ފަގީރުކަން ނުވަތަ ޕަވަރޓީ ހިމެނެއެވެ. ދިވެހިންގެ %15 އަދިވެސް އުޅެނީ ގައުމީ ޕަވަރޓީ ލައިންގެ  ދަށުގައެވެ. އަދި މީހުންގެ އާންމު ދިރިއުޅުން ބަރޯސާވަނީ ދައުލަތުގެ އެހީއާއި ސަބްސިޑީއަށެވެ.  މީގެސަބަބުން  ގައުމު ދުވަހެއް ދުވަހަކަށް ފިސްކަލް ޑެފެސިޓް ބޮޑުވެ “މޮޑަރޭޓް” އިންފްލޭޝަން އާއި  ކުރިމަތިލާން . ޖެހިފައިވެއެވެ. މިއީ އިގްތިސާދަށް ހުރި ހިރާސްތަކެކެވެ.

އިޤްތިސާދީ އެހެނިހެން ދާއިރާތަކަށް ބަލާއިރު ދަނޑުވެރިކަމުން ރާއްޖޭގެ ބާޒާރަށް ބޭނުންވާވަރަށްވެސް އުފެއްދުން ތެރިކަން މާދަށެވެ. އެހެންކަމުން މަސްވެރިކަން ނޫން އެހެންއެއެއްވެސް ސިނާއަތަކުން އެކްސްޕރޓް ކުރުމުގެ ފުރުސަތެއް ނެތެވެ.  މިނިމުނު 2023 ވަނަ އަހަރު ރާއްޖޭން 38،249 މެޓްރިކްޓަނުގެ މަސް ބޭރުކުރިއެވެ. މިއީ 2022 ވަނަ އަހަރަށްވުރެ %22.86 އިތުރު އަދަދެކެވެ.

ދިވެހި ރާއްޖެއްކީ ޓޫރިޒަމް އަށް އަދި %68 ޕަސަންޓް އިމްޕޯރޓް އަށް ބަރރޯސާވެފައިވާ ޤައުމަކަށްވާތީ މެދު އިރުމައްޗާއި ޔުކްރެއިންގައި ހިނގާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ހުރި ހިރާސްތައް ދިވެހި އިގްތިސާދަށްވެސް އެބަހުއްޓެވެ. މީގެ ސަބަބުން ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު ދަށްވުމާއި ތެލުގެ އަގު މައްޗަށްދިއުމުގެ ސަބަބުން އެތެރެކުރާ މުދަލުގެ އަގުބޮޑުވުމާއި ބޭރުގެ އެހީއާއި އިންވެސްޓްމަންޓްތައް މަދުވުން މިހިރާސްތަކުގެ ތެރޭގައި ހިމެނެއެވެ. ހިރާސްތަކުގެ އަސަރު ކުރާނީ މިހަގުރާމަތައް ދެމިގެންދާ މުއްދަތާއި މިކަމަށް ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުންތައް ދެނެގަނެ ދައުލަތުން އަޅާ އިސްތިރާޖީ ފިޔަވަޅުތަކުގެ މައްޗަށެވެ. ވިސްނަނާލަންޖެހިފައިވާ އެއްކަމެއް ފާހަގަކޮށްލާނަމަ 2023 ވަނައަހަރު އައިއެމްއެފް އިން ދުނިޔޭގެ އިގްތިސާދު ކުރިއަރާނެކަމަށް ލަފާކުރިމިންވަރު ވަނީ ދައްކޮށްފައެވެ. އަދި މީގެ އިތުރުން 2023 ގެ ކުރީކޮޅު ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ މުހިންމު ބޭންކްތަކެއް ފެއިލްވުމާއި ގުޅިގެން ބޭންކިންގ ގެ ދާއިރާއަށް ކޮށްފައިވާ އަސަރު އިގްތިސާދަށްވެސް ކުރާނެއެވެ.

ރާއްޖޭގެ އިގްތިސާދު މިވަގުތު އޮތީ ލަފާކުރަން އުނދަގޫ ފައްތަރެއްގައެވެ. އެއްކޮޅުން ފަތުރުވެރިކަމާއި މަސްވެރިކަމުގެ ކުރިއެރުމުގެ ސަބަބުން އިގްތިސާދަށް ހެޔޮ ބަދަލުގެންނައިރު އަނެއްކޮޅުން ދައުލަތުގެ ދަރަންޏާއި ސަރުކާރުގެ ސަބްސިޑިގެ ބުރަޔާ ޕަވަރޓީގެ ސަބަބުން އިގްތިސާދީ ހަމަޖހުން އަންދާޒާ ކުރަން އުނދަގޫވެއެވެ. މިފަދަ ދަނޑިވަޅެއްގައި އިގްތިސާދު  ހަރުދަނާވެ ދުޅަހެޔޮކުރެވޭނީ ސަރުކާރުން  ފިސްކަލް ހަމަޖެހުމާއި ސޯސަލް ވެލްފެއަރ ބެލެންސްކުރާ ސިޔާސަތުތަކުގެ މައްޗަށެވެ.