ރޯދަމަހާ ދިމާކޮށް އެޗްޑީސީން “އެއްގެއިން އަނެއްގެއަށް” ނަމުގައި އައު ކެމްޕެއިނެއް ތަޢާރަފުކޮށްފިއެވެ. މި ކެމްޕެއިނުގެ މައިގަނޑު މަޤްޞަދަކީ ގޭބިސީތަކުން އުކާލާ ތަކެތީގެ ތެރެއިން، ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި އެހެން ފަރާތްތަކަށް ހަދިޔާކުރުމެވެ.
އެޗްޑީސީން ފާހަގަކުރި ގޮތުގައި، ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރޭގެ އާބާތުރަ ފިލުވުމަކީ ދިވެހިންގެ އާދައެކެވެ. މިެކެވެ. މި މުނާސަބަތުގައި އުކާލާ ތަކެތީގެ ތެރޭގައި އަދިވެސް ބޭނުންކުރެވޭނެ ތަކެތި ހިމެނޭކަން ފާހަގަކުރެވިފައިވެއެވެ.
މި ޕްރޮގްރާމުގެ ދަށުން، ހުޅުމާލޭގެ ކޮންމެ ގެއަކުންވެސް ބޭނުންކޮށްފައިވާ އަދި ބޭނުންކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރާއި އިލެކްޓްރޯނިކް ތަކެތި ހަދިޔާކުރެވޭނެއެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ ފެބްރުއަރީ 1 އިން 16 އަށެވެ.
އެޗްޑީސީން ވަނީ މި ޕްރޮގްރާމުގެ އިތުރު މަޤްޞަދުތައް ވެސް ހާމަކޮށްފައެވެ. އޭގެ ތެރޭގައި ރަމަޟާން މަހުގައި އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫޙު އާލާކުރުމާއި، ފްލެޓުތަކުން އުކާލާ ކުނީގެ މިންވަރު މަދުކުރުން ހިމެނެއެވެ.
ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅުމަށް އެދިފައިވެއެވެ. ކޯލް ސެންޓަރުގެ ޚިދުމަތް ލިބޭނެ ގަޑިތަކާއި ތަކެތި ދޫކުރާނެ ގަޑިތައް ވެސް ވަނީ އިޢުލާނުކޮށްފައެވެ.
މި އިސްނެގުމަކީ ދެމެހެއްޓެނިވި ތަރައްޤީއަށާއި އިޖްތިމާޢީ ގުޅުން ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ދެކެވެއެވެ.