މިލިއުން ޝެއަރ ކުރައްވާ

“ބާސެލޯ ނަސަންދުރަ މާލެ” ގެ ނަމުގައި، ފަސް ތަރީގެ ލަގްޒަރީ ހޮޓަލެއްހުޅުވަނީ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

މާލޭގެ މޫނުމަތީގައި ކުރިން ހިންގަމުން އައި މަޝްހޫރު “ނަސަންދުރަ ޕެލަސް ހޮޓެލް” އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި އަލުން ހުޅުވުމުގެ ތައްޔާރީތައް ފަށައިފިއެވެ.

މި ފަހަރު މި ހޮޓާ ހުޅުވޭނީ “ބާސެލޯ ނަސަންދުރަ މާލެ” ގެ ނަމުގައި، ފަސް ތަރީގެ ލަގްޒަރީ ހޮޓަލެއްގެ ގޮތުގައެވެ. މި ހޮޓަލުގައި ޖުމްލަ 136 ކޮޓަރި ހިމެނޭއިރު، އޭގެ ތެރެއިން 95 ކޮޓަރިއަކީ ކަނޑުގެ މަންޒަރު ފެންނަ ކޮޓަރިތަކެވެ. އަދި 116 ލަގްޒަރީ ސާވިސް އެޕާޓްމަންޓް ވެސް މި ހޮޓަލުގައި ހިމެނޭނެއެވެ.

ނަސަންދުރަ އަލުން ހުޅުވާއިރު، މެހެމާނުންނަށް އިތުރު ޚިދުމަތްތަކެއްގެ ގޮތުގައި ހަތަރު ރެސްޓޯރަންޓާއި، ޖިމެއް، ފެތުމުގެ ޕޫލަކާއި، ސްޕާއެއް މި ހޮޓަލިުގައި ހިމެނޭނެއެވެ. މީގެ އިތުރުން ކޮންފަރެންސްތަކާއި އެގްޒިބިޝަންތައް ބޭއްވުމަށް ޚާއްޞަ ހޯލެއް ވެސް މި ހޮޓަލުގައި ހުންނާނެއެވެ.

މި ހޮޓާ ހިންގަން ހަވާލުވެފައިވަނީ ސްޕެއިންގެ ނަން މަޝްހޫރު ހޮޓެލް ޗެއިން، ބާސެލޯ ގްރޫޕުންނެވެ. އެ ގްރޫޕުން ވަނީ މިދިޔަ އޮގަސްޓް މަހު އދ. އަތޮޅުގައި “”ބާސެލޯ ވޭލް ލެގޫން މޯލްޑިވްސް” ގެ ނަމުގައި ފަސް ތަރީގެ ރިސޯޓެއް ވެސް ހުޅުވާފައެވެ.