މިލިއުން ޝެއަރ ކުރައްވާ

އެންމެ ގިނަ ތަކެތި ހުށަހެޅީ ތުޅާދޫން

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

އުރީދޫ ނޭޝަންގެ އެޓޯލް އީސްޕޯޓްސް ލީގުގައި ބައިވެރިވާން ހުޅުވާލައިފި

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025އަށް އެންމެ ގިނަ ތަކެތި ހުށަހަޅާފައިވަނީ ބ. ތުޅާދޫން ކަމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ން ބުނެފިއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ދިވެހީންގެ ވިޔަފާރި ފުޅާކުރުމުގެ މަގުސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތީން ބޭއްވުމަށް ނިންމެވި މައުރަޒެކެވެ.

މި މައުރަޒު ބާއްވަނީ އިކޮނޮމިކް މިނިސްޓްރީއާއި ބީސީސީ ގުޅިގެން ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.

އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ބީސީސީގެ ޑެޕިއުޓީ މެނޭޖަރު މުޙައްމަދު ޝަމްއޫން ވިދާޅުވީ، މިފަހަރުގެ މައުރަޒުގައި ވަރަށް ގިނަ ބަޔަކު ބައިވެރިވެފައިވާކަމަށެވެ.

ނަމަވެސް ބީސީސީން ބޮޑަށް ބަލަނީ ބައިވެރީންނަށްވުރެ ބޮޑަށް، ބައިވެރިކުރާ ތަކެތީގެ އަދަދަށް ކަމަށާއި އެގޮތުން މި މައުރަޒުގައި 3،600 އަށްވުރެ ގިނަ އަދަދަކަށް މި މައުރަޒުގައި ތަކެތި ބައިވެރިކޮށްފައި ވާކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

ޝަމްއޫން ވިދާޅުވީ މައުރަޒުގައި އެންމެ ގިނަ އަދަދަކަށް ތަކެތި ހުށަހަޅާފައިވަނީ ބ. ތުޅާދުއާއި މާލެއިން ކަމަށާއި ނަމަވެސް އެހެން ރަށްރަށުންވެސް ވަރަށް ގިނަ އަދަދެއްގެ ތަކެތި ހުށަހަޅާފައި ވާކަމަށެވެ.

އެ މައުރަޒުގެ ތައްޔާރީތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަސީމް ހުސައިން ވިދާޅުވީ، މިހާރު ކުރިއަށްދަނީ މައުރަޒު ބާއްވާ ސެންޓްރަލް ޕާކް އެކަމަށް ތައްޔާރުކުރުން ކަމަށެވެ.

އެގޮތުން މައުރަޒު ބޭއްވުމަށް އެ ތަނުގައި ގެތަކާއި ގިޑިގެތައް ހެދުމުގެ މަސައްކަތާއި މައުރަޒަށް ތަކެތި ބަލައިގަނެ އެ ތަކެތި ޖަޖުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ވިޔަފާރިވެރީންނާ ވަރަށް އަވަހަށް ޑިސްޓްރިކްޓްތައް ހަވާލުކުރެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި މައުރަޒު އޮންނާނީ އަންނަ ހުކުރު ދުވަހުން ފެށިގެން މިމަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި މައުރަޒުން ރާއްޖޭގެ ސަގާފަތާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭހެން ދިވެހި ވިޔަފާރިތަކުގެ އުފެއްދުންތައް ދައްކުވައިދޭނެއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ވާނީ، އެކި ދާއިރާތަކާއި ހުނަރުވެރިން އެއް ފުރާޅެއްގެ ދަށުން ފެންނާނެ އެންމެ ބޮޑު އެއް ހަރަކާތަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.