މިލިއުން ޝެއަރ ކުރައްވާ

އެމެރިކާއަށް އިމްޕޯޓުކުރާ ރާއްޖޭގެ މުދަލުން 10 ޕަސެންޓުގެ ޓެރިފެއް ނަގަނީ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

އެމެރިކާއަށް އިމްޕޯޓްކުރާ ރާއްޖޭގެ އުފެއްދުންތަކުން 10 ޕަސެންޓްގެ ޓެރިފެއް ނަގަން އެ ގައުމުން ނިންމައިފި އެވެ.

އެމެރިކާގެ ވައިޓް ހައުސް އިން ވަނީ އެކި ގައުމުތަކުން އެމެރިކާއަށް އިމްޕޯޓްކުރާ މުދަލުން ނަގާ އާ ޓެރިފް ރޭޓްތައް އާންމުކޮށްފަ އެވެ.

އެ ގޮތުން އާ ޓެރިފް ރޭޓުގައި މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ޓެރިފް ނަގާނެ ކަމަށް އެމެރިކާއިން ވަނީ ހާމަކޮށްފަ އެވެ.ރާއްޖޭގެ ހިމެނޭ ގޮތަށް 180 އަށްވުރެ ގިނަ ގައުމުން އެމެރިކާއަށް އިމްޕޯޓްކުރާ މުދަލުން ޓެރިފް ނަގާ ރޭޓްތައް އެމެރިކާއިން ވަނީ އާންމުކޮށްފަ އެވެ.

އެމެރިކާއަށް އިމްޕޯޓްކުރާ މުދަލުން ޓެރިފް ނަގަނީ އެ ގައުމުން އެކްސްޕޯޓްކުރާ މުދަލުން ނަގާ ޓެރިފަށް ރައްދު ދިނުމުގެ ގޮތުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.