މިލިއުން ޝެއަރ ކުރައްވާ

އެމްއައިބީގެ ހިއްސާއަކަށް 4.58 ރުފިޔާ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

އުރީދޫ ނޭޝަންގެ އެޓޯލް އީސްޕޯޓްސް ލީގުގައި ބައިވެރިވާން ހުޅުވާލައިފި

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އަހަރީ އާންމު ޖަލްސާގައި އެ ބޭންކަށް ލިބިފައިވާ ސާފު ފައިދާއިން ހިއްސާއަކަށް 4.58 ރުފިޔާ ބަހަން އެ ބޭންކުން ހުށަހަޅަން ނިންމައިފިއެވެ.

އެމްއައިބީގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ އަށްވަނަ ދުވަހު ބާއްވަން އެ ބޭންކުން ވަނީ އިއުލާނުކޮށްފައެވެ.

އެގޮތުން މި ޖަލްސާ އޮންނާނީ އަންނަ މަހުގެ އަށެއް ވާ ބުރާސްފަތި ދުވަހުގެ މެންދުރު ދޭއް ޖަހާއިރު ފަހިވޯޓު މެދުވެރިކޮށް ކަމަށާއި އެ ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ ހިއްސާދާރުންނަށް ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

އެ ބޭންކުން ވަނީ އޭޖީއެމްގައި ބައިވެރިވުމަށް އެ ބޭންކުގެ ހިއްސާދާރުންނަށާއި، ޕްރޮކްސީންނަށް އަންނަ މަހުގެ ހަ ވަނަ ދުވަހުގެ 2:00 ޖަހަންދެން ރަޖިސްޓްރީ ކުރެވޭނެ ކަމަށް ބުނެފައެވެ.

އަދި އެމްއައިބީއިން ވަނީ މި އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާއަކަށް 4.58 ރުފިޔާ ބަހަން ހުށަހަޅާނެ ކަމަށާއި ބެންކުގެ ޑިރެކްޓަރުންގެ ރިޕޯޓާއި މާލީ ރިޕޯޓް ފާސްކުރަން ހުށަހަޅައި އަންނަ އަހަރުގެ އޮޑިޓަރުން ހޮވުމާއި އެގްޒެކެޓިވް ޑިރެކްޓަރު ހޮވުން އޭޖީއެމްގައި އޮންނާނެ ކަމަށް ބުނެފައެވެ.

އެމްއައިބީއިން ވަނީ އެ ބޭންކަށް މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 278 މިލިއަން ރުފިޔާ ލިބިފައި ވާކަމަށްބުނެފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 101 ޕަސެންޓު އިތުރު އަދަދެއްކަން ފާހަގަކޮށްލެވެއެވެ.

އެމްއައިބީ އަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖް އިސްލާމިކް ބޭންކެވެ. އަދި ރާއްޖޭގައި ޑިޖިޓަލްކޮށް ހުރިހާ ހިދުމަތެއް ދޭން ފެށި ފުރަތަމަ ބޭންކެވެ.