މަކިޓާ ބްރޭންޑުގެ ނަކަލު އުފެއްދުންތަކެއް ބާޒާރުގައި ވިއްކަމުންދާތީ، މިކަމާމެދު ސަމާލުވުމަށް އެ ބްރޭންޑުގެ ރާއްޖޭގެ ހަމައެކަނި ޑިސްޓްރިބިއުޓަރު ކަމުގައިވާ އެސްޓީއޯ އިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
އެސްޓީއޯ އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މަކިޓާ ބްރޭންޑުގެ ނަކަލު މަސައްކަތު ސާމާނު ވިއްކަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މި ނަކަލު އުފެއްދުންތަކަކީ ބޭނުންކުރާ ފަރާތްތަކަށް އެކަށީގެންވާ ފައިދާއެއް ލިބޭނެކަމުގެ ޔަޤީންކަމެއް ނެތް، އަދި ރައްކާތެރިކަމުގެ އެއްވެސް ގެރެންޓީއެއް ނުދެވޭ ތަކެތިކަމަށް އެސްޓީއޯ އިން ވަނީ ސަމާލުކަމަށް ގެނެސްފައެވެ. އަދި މިފަދަ ނަކަލު އުފެއްދުންތަކުން ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވުމަށްޓަކައި، މަކިޓާ ބްރޭންޑުގެ އުފެއްދުންތައް ގަންނަ އިރު، އެއީ އަސްލު އުފެއްދުންތަކެއްކަން ކަށަވަރުކުރުމަށް އެ ކުންފުނިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
މަކިޓާ ބްރޭންޑުގެ އަސްލު އުފެއްދުންތައް ވިއްކުމަށް ހުއްދަ ދެވިފައިވަނީ ހަމައެކަނި އެސްޓީއޯގެ އައުޓްލެޓްތަކަށާއި އެސްޓީއޯ އިން ހުއްދަ ދީފައިވާ ވިޔަފާރިތަކަށެވެ.
މި ބްރޭންޑުގެ އުފެއްދުންތަކުގެ ފެންވަރު ދެމެހެއްޓުމަށްޓަކައި، އެސްޓީއޯ ސާވިސް ސެންޓަރުން ވިއްކުމަށްފަހުގެ ޚިދުމަތް ފޯރުކޮށްދެއެވެ. މި ޚިދުމަތް ލިބޭނީ ހަމައެކަނި އެސްޓީއޯ އިން ނުވަތަ އެސްޓީއޯ އިން ހުއްދަިން ހުއްދަ ދީފައިވާ ފަރާތްތަކުން ގަންނަ މަކިޓާ ބްރޭންޑުގެ އުފެއްދުންތަކަށެވެ.
މަކިޓާ ބްރޭންޑުގެ އުފެއްދުމެއްގެ އަސްލުކަން ކަށަވަރުކުރުމަށް އެހީތެރިކަން ބޭނުންވާނަމަ، އެސްޓީއޯގެ މަކިޓާ ޝޯރޫމުން އެ އުފެއްދުމެއްގެ ޞައްޙަކަން ބަލައިދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ.