މިލިއުން ޝެއަރ ކުރައްވާ

މިރުހުން ބައިލައްކަ ރުފިޔާގެ ފައިދާ ހޯދި ދަނޑުވެރިންނަށް މި ފަހަރު ލިބުނީ ކިރިޔާ ދިހަހާސް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

ޓީއެމްއޭގެ މުވައްޒަފުންގެ މުސާރަ ރުފިޔާއިން ދެނީ

ޕްލާސްޓިކް ކޮތަޅު އިމްޕޯޓްކުރާ މިންވަރު ދަށަށް

ކޮންމެ ހަފްތާއަކު 10،000 ރުފިޔާ ހޯދުމުގެ ފުރުސަތު

އެހެން ރޯދަ މަސްތަކާ ޚިލާފަށް ކަނޑޫދޫ މިރުހުގެ އަގު ދަށްވެ، ކަނޑޫދޫ މިރުހުގެ ވިޔަފާރިވެރިންނަށް ލިބުނު ފައިދާ ބައިލައްކައެއްހާ ރުފިޔާއިން, 10،000 ރުފިޔާއަށް މި ރޯދަ މަހު ވެއްޓިއްޖެއެވެ.

އެހެން ރޯދަ މަސްތަކާ އަޅައިބަލާއިރު، މި އަހަރު ވިޔަފާރިވެރިންނަށް ލިބުނު ފައިދާ ވަނީ ކަންބޮޑުވާ މިންވަރަށް ދަށްވެފައެވެ. އެކަމުގެ ކަންބޮޑުވުން ދަތުރުވެރީންގެ މާރުކޭޓާއި އަތޮޅުތެރޭގެ ރަށްރަށުން މުދާ ގެންނަ ވިޔަފާރިން ވެސް ފާހަގަކޮށްފައިވެއެވެ.

ރޯދަ މަހާ ދިމާކޮށް، ދިވެހީންގެ ތެރޭގައި މަގުބޫލު ކަނޑޫދޫ މިރުހުގެ ވިޔަފާރި ކުރާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ސޯލިހު ހަސަންގެ ވެސް ކަންބޮޑުވުމަކީ އެއީއެވެ.

އެކަމާ ގުޅިގެން ސޯލިހު މިއަދު “ސަން”އަށް ބުނީ، މި ރޯދަ މަހު މިރުހުން ލިބުނު ފައިދާ ބޮޑުތަނުން ދަށްވެފައިވާ ކަމަށެވެ. އެއީ، ދަތުރުވެރީންގެ މާރުކޭޓުގައި މިރުހުގެ އަގު ވެއްޓިފައިވާތީ ކަމަށް އޭނާ ބުންޏެވެ.

އެގޮތުން، މިދިޔަ ރޯދަ މަހު މިރުހުން ބައިލައްކައެއްހާ ރުފިޔާ ލިބުނު ކަމަށްވިޔަސް މިފަހަރު ލިބުނީ ދިހަ ވަރަކަށް ހާސް ރުފިޔާ ކަމަށް ސޯލިހު ވަނީ ބުނެފައެވެ.

“އަޅުގަނޑަކީ ވަރަށް ގަދައަށް ދަނޑުވެރިކަން ކުރާ މީހެއް. ކުރީ ރޯދަ މަހު ލިބުނު ގާތްގަނޑަކަށް ބައި ލައްކައެއްހާ ރުފިޔާ. [މި އަހަރު] އާމްދަނީ ވަރަށް ބޮޑުތަން ދަށްވެއްޖެ. އަނެއްހެން ދަނޑުވެރީންނަށް [މި ރޯދައިގައި] 10،000 ވަރަކަށް ރުފިޔާ ލިބިދާނެ. ބޭބެއަށް ވުރެ، ދެގުނައަށް ވިޔަފާރިކުރާ މީހުންނަށް ލިބިދާނެ 15،000 ރުފިޔާ ޚަރަދު ކަނޑާފައި،” ސޯލިހު ބުންޏެވެ.

ކަނޑޫދޫ މިރުހުން ލިބޭ އާމްދަނީ މިއަހަރު ދަށްވި ކަމަށްވިޔަސް، އެހެން އަހަރުތަކަށް ވުރެ ގިނައިން މިއަހަރު މާލެއަށް ކަނޑޫދޫ މިރުސް އެތެރެކުރިއެވެ. އެއީ، ދުވާލަކަށް 300 އެއްހާ ކިލޯގެ މިރުހެވެ.

އެކަމަކު، އެހެން އަހަރުތަކުގައި ތިން ދުވަސް ތެރޭ 100 އެއްހާ ކިލޯގެ މިރުސް ކަން އޭނާ ފަހާގަކޮށްފައިވެއެވެ.

ސޯލިހު ބުނީ، މި ރޯދައިގައި ލިބޭ އާމްދަނީ ބޮޑުތަނުން ދަށްވީ، ރާއްޖޭގެ އިގުތިޞާދު ދަށަށް ދާތީ ކަމަށް ބެލެވޭ ކަމަށެވެ. މިރުހުގެ އަގު ދަށްވީ ވެސް އެހެންވެ ކަމަށް ބެލެވޭކަމަށް އޭނާ ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ކަނޑޫދޫގެ އިތުރަށް ތޮއްޑޫގެ ދަނޑުވެރިއަކު ވެސް ވަނީ، ނިމުނު ރޯދަ މަހު ދަނޑުތަކުން ފައިދާއެއް ނުލިބޭ ކަމަށާއި މިއީ އެންމެ ގެއްލުން ބޮޑު ރޯދަ މަސް ކަމަށް ބުނެފައެވެ.

އެހެން ރޯދަ މަސް ތަކުގައި ޚަރަދުތައް ނުލައި، ދޮޅު ލައްކައެއްހާ ރުފިޔާގެ ފައިދާ ތޮއްޑޫގެ ދަނޑުވެރިންނަށް ލިބޭ ކަމަށާއި މި އަހަރު ލިބުނު ފައިދާއިން ޚަރަދުގެ ދެބައިކުޅަ އެއްބައި ވެސް ނުކެނޑުނު ކަމަށް ތޮއްޑޫގައި ދަނޑުވެރިކަން ކުރާ އައިޝަތު ޖުނައިދާ ބުނެފައިވެއެވެ.

އެއާއެކު، ދަތުރުވެރީންގެ މާރުކޭޓުގައި ދުވާލަކު 30،000 ރުފިޔާ ލިބޭ ވިޔަފާރިތައް 4،000 ރުފިޔާއަށް މި ރޯދަ މަހު ވެއްޓުނެވެ.