މިލިއުން ޝެއަރ ކުރައްވާ

މިދިޔަ އަހަރު ސްޓެލްކޯއިން 137 މިލިއަން ރުފިޔާގެ ފައިދާ ހޯދައިފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

އުރީދޫ ނޭޝަންގެ އެޓޯލް އީސްޕޯޓްސް ލީގުގައި ބައިވެރިވާން ހުޅުވާލައިފި

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

ދެހާސް ތޭވީސް ވަނަ އަހަރު ސްޓެލްކޯއަށް ދިމާވި ގެއްލުމުން އަރައިގަނެ، މިދިޔަ އަހަރު އެ ކުންފުނިން 137.9 މިލިއަން ރުފިޔާގެ ފައިދާ ހޯދައިފިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވަނީ ފާއިތުވި ހަތް އަހަރު ސްޓެލްކޯއިން ހޯދި އާމްދަނީގެ ހިސާބުތައް ހާމަކުރައްވާފައެވެ.

އެއިން ދައްކާ ގޮތުން، 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް އެ ކުންފުނީގެ ފައިދާ ވަނީ މައްޗަށް ގޮސްފައެވެ. އެގޮތުން، 2018ގައި އެކުންފުންޏަށް 105 މިލިއަން ރުފިޔާގެ ފައިދާ ލިބުނުއިރު، ޖެހިގެން އައި 2019ގައި ހޯދިފައިވަނީ 109 މިލިއަން ރުފިޔާއެވެ. އަދި، 2020 ވަނަ އަހަރު ސްޓެލްކޯއިން ހޯދީ 130 މިލިއަން ރުފިޔާގެ ފައިދާއެވެ.

އެ ގެއްލުމުން އަރައިގަނެ، މިދިޔަ އަހަރު އެ ކުންފުންޏަށް ހޯދުނީ 137.9 މިލިއަން ރުފިޔާއެވެ. އެއީ، ފާއިތުވި ހަ އަހަރު ތެރޭ ސްޓެލްކޯއަށް ލިބުނު އެންމެ ބޮޑު ފައިދާއެވެ.

އެކަމަށް އިޝާރަތްކުރައްވައި، ފަހުމީ ވިދާޅުވީ، މިދިޔަ އަހަރު އެ ކުންފުނީގެ މާލީ ނަތީޖާ ރަނގަޅުވީ ހިންގުމުގެ ނިޒާމު ހަރުދަނާކޮށްގެންނާއި އިސްރާފު ކުޑަކޮށް، ވަސީލަތްތައް ހަރުދަނާ ގޮތެއްގައި ބޭނުންކުރެވުމުން ކަމަށެވެ.

ސްޓެލްކޯއަކީ މާލޭ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތް ދޭ ކުންފުންޏެވެ. ބައެއް ރަށްރަށުގައި ވެސް ސްޓެލްކޯއިން އަންނަނީ މި ޚިދުމަތް ދެމުންނެވެ.

އެއާއެކު އެ ކުންފުނިން ގެންދަނީ، ކުންފުނީގެ ޚިދުމަތާއި ހިންގުން ހަރުދަނާކުރުމަށް ޓަކައި ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.