ބީއެމްއެލްގެ ބައެއް އެކައުންޓުތަކުން ހަދާފައިވާ ބައެއް ޓްރާންސެކްޝަންތައް ތަކުރާރުވެ، ޕެންޑިން ޓްރާންސެކްޝަންތަކުގެ ގޮތުގައި ހިމެނުމުން އެކައުންޓުން ފައިސާ މަދުވި މައްސަލަތައް މިހާރު ހައްލު ކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
މިދިޔަ ދެ ދުވަހު، ބައެއް އެކައުންޓުތަކުން ކުރިން ކަނޑާފައި ހުރި ފައިސާގެ މުއާމަލާތްތަކުގެ އަދަދުތައް ދެވަނަ ފަހަރަށް ޕެންޑިން ޓްރާންސެކްޝަންތަކުގެ ގޮތުގައި ފެންނަން ހުރުމުން ބީއެމްއެލްގެ ގިނަ ކަސްޓަމަރުން ވަނީ ސޯޝަލް މީޑިއާގައި އޭގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތަށް އެއް މުއާމަލާތްތަކަށް ވުރެ ގިނަ މުއާމަލާތްތަކެއްގެ ޓްރާންސެކްޝަންތައް ޕެންޑިން އަށް ގޮސް، ބައެއް އެކައުންޓްތަކުގެ ޖުމްލަ އަދަދު މަދުވެފައިވާ ކަމުގެ ޝަކުވާ ވެސް ގިނަ ބަޔަކު ކުރި އެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ރަސްމީ ކޮމެންޓެއް މިހާތަނަށް ނުލިބެ އެވެ.