މިލިއުން ޝެއަރ ކުރައްވާ

ދިވެހި އިގްތިސާދު: ހާސިލްވި މިންވަރު، ގޮންޖެހުންތައް އަދި ކުރިމަގު

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ދަރަނިތަކަށް 5.1 ބިލިއަން ހޭދަކުރުމާ އެކު، ބަޖެޓުގެ ބެލެންސް 1.3 ބިލިއަން އަރަނިކޮށްފި

މިރީތިރާއްޖެ ދުނިޔެއަށް މަޝްހޫރު ވެފައިވާ ގުދުރަތީ ރީތިކަމަށް އިތުރަށް މިފަހަކުން ވިދާލާފައިވަނީ ކޮވިޑްގެ ބަލިމަޑުކަމަށް ފަހު  ރާއްޖޭގެ އިގްތިސާދަށް ލިބެމުން އައި ކުރިއެރުމުގެ ސަބަބުންނެވެ. ވޯލްޑްބޭންކް އިން ހާމަކުރާގޮތުގައި ރާއްޖެވަނީ ކޮވިޑްގެ ކުރިން އޮތް އިގްތިސާދީ ކުރިއެރުމާއި 2022 ވަނައަހަރު އަރާ ހަމަ ކޮށްފައެވެ. އަދި އިތުރަށް ކުރިއަރާނޭ ކަމުގެ ނިޝާންތައް ފެންނަ ކަމަށްވެސް ވޯލްޑްބޭންކް އިން ބުނެއެވެ. ރާއްޖޭގެ ފަތުރުވެރިކަން، ދިވެހި އިގްތިސާދުގެ މައިބަދަ، ކޮވިޑްގެ ފަހުން ކުރިއަރާދިޔަ މިންވަރު އެއީ އާދަޔާއި ހިލާފަށް ދިވެހި އިގްތިސާދު ކުރިއަރާދިޔަ ސަބަބެވެ.

ކަން މިހެން ހުރިނަމަވެސް ރާއްޖެއަށް ހުރު ގޮންޖެހުންތައް މަދެއް ނޫނެވެ. ވޯލްޑްބޭންކުން ފާހަގަކުރާ ގޮތުގައި ރާއްޖެ މިމިސްރާބުގައި ދަތުރުކުރުމަށް ގިނަ ހުރަސްތަކެއް ގިރާކުރަންޖެހޭނެއެވެ. މިގޮތުން ވޯލްޑްބޭންކުން ފާހަގަކުރާ އެއްކަމަކީ ގައުމުގެ އިގްތިސާދު ފަތުރުވެރިކަމަށް ބަރޯސާވާމިންވަރު ކުޑަކުރުމެވެ. މިކަން ބޭނުމެއްކަމުގައި ވޯލްޑްބޭންކުން ދެކެނީ އެހެނިހެން އިގްތިސާދުތަކަށް އަންނަ ލޮޅުމުގެ އަސަރު ދިވެހި އިގްތިސާދަށް ކުރިޔަ ނުދިނުމެވެ. މީގެ އިތުރުން ދިވެހިރާއްޖެ އިމްޕޯރޓުކުރާ މިންވަރު ބޮޑުވުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މަޗަށްދިއުމާއި ރާއްޖޭގެ އިންފްލޭޝަން މައްޗަށްދިއުންވެސް ފާހަގަކޮށްފައި ވެއެވެ. 2016 އިންފެށިގެން އުމްރާނީ ތަރައްގީގެ މަޝްރޫއު ތަކާއި ގުޅިގެން ގައުމުގެ އާންމު ދިރިއުޅުމުގެ ހާލަތު ރަގަޅުވެފައި ވީނަމަވެސް މިމަޝްރޫތަކުގެ ދަރަނިއަދާކުރުމުގެ ބުރަވެސް ވަނީ އުފުލަން ޖެހިފައެވެ.

2022 ވަނައަހަރު ދިވެހި އިގްތިސާދު %12.3 ކުރިއަރާފައިވާކަމަށް ވޮލްޑްބޭންކުން ފާހަގަކޮށްފައިވާއިރު މިކަމަާށް ވާގިދިން އެންމެ ބޮޑު އެއްކަމަކީ ފަތުރުވެރިކަމުގެ އަދަދުތައް ކޯވިޑްގެ ކުރީގެ އަދަދު ތަކާއަރާހަމަކޮށްފައި ވާތީކަމަށެވެ. އިގްތިސާދު ކުރިއަރާފައި ވީނަމަވެސް ޖީޑީޕީ ޑެފެސިޓް %24 ގައި ހުރުން އެއީ ކަންބޮޑުވާންޖެހޭ ކަމެކެވެ. 2022 ވަނަ އަހަރު ފަހުކޮޅު ރިޒާވް ދައްވެ 500$ މިލިއަން ޑޮލަރަށް ދަށައް ދިއުމަށްފަހު އިންޑިއާގެ އެހީގައި ކަރަންސީ ސުވެޕިންއަށް  ލިބުނު 200 މިލިއަން ޑޮލަރުގެ ސަބަބުން އަހަރުފެށީ 800 މިިއަން ޑޮލަރުގެ ރިޒާރވް އަކާއި އެކުގައެވެ. 800 މިލިއަން ޑޮލަރަކީ 3 މަސްދުވަހުގެ އިންޕޯރޓަށް ހޭދަވާނޭ އަދަދެވެ.

މިކަންކަމާއި އެކުވެސް ދިވެހި އިގްތިސާދަށް ވެއެތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި %6 ގެ ކުރިއެރުމެއް އައައިސްފައިވެއެވެ. ޗައިނާގެ ފަތުރުވެރިންނާއި ރަޝިއާގެ މަކެޓް ރަނގަޅުވުމުން މިއަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެކަމަށް ބެލެވެއެވެ.