މިލިއުން ޝެއަރ ކުރައްވާ

ލިވަޕޫލްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

އުރީދޫ ނޭޝަންގެ އެޓޯލް އީސްޕޯޓްސް ލީގުގައި ބައިވެރިވާން ހުޅުވާލައިފި

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް — ލިވަޕޫލްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ވިޒިޓް މޯލްޑިވްސް ހަމަޖައްސައިފި އެވެ.

މި ޕާޓްނަޝިޕްގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ލިވަޕޫލްގެ ފޭނުންނަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިޝްތިހާރުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ އެވެ.
މިއީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ހަމަޖެހިގެންދިޔަ ޕާޓްނަޝިޕެކެވެ.
އެމްއެމްޕީއާރްސީ އިން ބުނީ ލިވަޕޫލް އެފްސީ އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އެތައް މިލިއަން ފޭނުން ތިބި ކްލަބެއް ކަމުން މި ޕާޓްނަޝިޕްގެ ސަބަބުން ރާއްޖެ، ދުނިޔޭގެ އެކިކަންކޮޅުތަކުގައި އިތުރަށް މަޝްހޫރުވެގެންދާނެ ކަމަށެވެ.
އެމްއެމްޕީއާރްސީ އިން ބުނީ މި ޕާޓްނަޝިޕްގެ ދަށުން ރާއްޖޭގެ ހާއްސަ ރީތިކަމާއި ލިވަޕޫލް އެފްސީގެ ސަޕޯޓަރުން ގުޅުވައިދޭނެ ކަމަށެވެ. ފުޓްބޯޅައިގެ ދާއިރާއިން ދުނިޔޭގައި ނަން މަޝްހޫރު ކްލަބަކާއެކު މިފަދަ ޕާޓްނަޝިޕަކަށް ހެދިގެން ދިއުމަކީ ދިވެހިރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުންވެސް ދެކެ އެވެ.
މި ޕާޓްނަޝިޕްގެ ދަށުން ލިވަޕޫލްގެ ކުޅުންތެރިންނާއި އިސްވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރުމުގެ އިތުރުން ރާއްޖޭގައި ހާއްސަ ހަރަކާތްތަކެއް ހިންގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އެމްއެމްޕީއާރްސީ އިން ދެކެ އެވެ.