ދުނިޔޭގެ ފަސް ވަނައަށް އެންމެ މުއްސަނދި މީހާ، މާރކް ޒަކަރބާރގް މިނިމިދިޔަ 2023ގައި ގަޑިއަކު 9.6 މިލިއަން އަދި ދުވާލަކު 230.6 މިލިއަންގެ އާމްދަނީއެއް ލިބިފައިވެއެވެ. މެޓާ ގެ ސީއީއޯ ގެ މިއާމްދަނީން އޭނާއަށް ޖުމްލަ 84ހަތަރު ބިލިއަން ލިބިފަިއވެއެވެ. މިހެންކަމުން މިވަގުތު ޒަކަރބާރގްގެ މުއްސަދިކަން ހުރީ 139.1 ބިލިއަން ޑޮލަރުގައެވެ.
2021 ވަނައަހަރު ފޭސްބުލް ރީބްރޭންޑްވެ މެޓާއަށް ބަދަލުވެ “މެޓާވާރސް” އާއި ދިމާލަށް ޖެހިމިސްރާބު އަމާޒުވެފައިވަނީ މުޅިކުންފުނީގެ ކުރިމަގު އައުގޮތަކަށް ބައްޓަންވެގެން ދިޔަ ކަމަކެވެ. ސޯސަލްމީޑިއާގެ ބަދަލުގައި ގުޅިފައިވާ މަސްނޫއީ ދުނިޔެއަކާއި ދިމާލަށް ފެށިމިދަތުރު ވެގެން ދިއައީ ފޭސްބުކް ވަރަށް ބޮޑަށް އަޑިއަޅާލާފައިވާ ވަގުތެއްގައި ކޮންމެހެން ކުރަން ޖެހުނުކަމަކަށެވެ. އޢރު ދިމާވެފައިވާ ގިނަ ގޮންޖެހުންތަކާއި އެކުވެސް މެޓާގެ ހިއްސާގެ އަގު ދުވަހަކުވެސް ނުދާހާ މައްޗައް އުފުލުމުން މިކަމުގެ މަންފާ ކުންފުންޏަށް އަދި ޙާއްސަކޮށް ޒަކަރބާރގް އަށްވެސް ކުރިއެވެ.