މިލިއުން ޝެއަރ ކުރައްވާ

ސޯލް ޑިސްޓްރިބިއުޓަރުކަން ކުރަނިކޮށް އެހެން ވިޔަފާރިތަކުން ކާސްޓްރޯލް އެތެރެކުރާނަމަ ހަރުކަށި ފިޔަވަޅު އަޅާނަން: އެމްޓީސީސީ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

އުރީދޫ ނޭޝަންގެ އެޓޯލް އީސްޕޯޓްސް ލީގުގައި ބައިވެރިވާން ހުޅުވާލައިފި

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

ހިއްސާއަކަށް 2ރ. ބަހަން ފާސްކޮށްފި

ސޯލް ޑިސްޓްރިބިއުޓަރުކަން ކުރަނިކޮށް އެހެން ކުންފުނިތަކުން ކާސްޓްރޯލް އެތެރެކުރާނަަމަ ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.

އެހެން ކުންފުނިތަކުން ކާސްޓްރޯލް އެތެރެކޮށް ވިއްކާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމްޓީސީސީއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ވަނީ، ކާސްޓްރޯލް ސިންގަޕޯ ޕްރައިވެޓް ލިމިޓެޑާއި އެ ކުންފުންޏާ ދެމެދު އެއްބަސްވެ، އެ ކުންފުންޏަކީ ރާއްޖޭގެ ކާސްޓްރޯލްގެ ސޯލް ޑިސްޓްރިބިއުޓަރު ކަމަށެވެެ.

އެހެންކަމުން އެއްވެސް ކުންފުންޏަކުން ކާސްޓްރޯލް މަރުކާގެ އެއްވެސް މުދަލެއް ރާއްޖެ އެތެރެކޮށް ވިއްކާ މާކެޓްކޮށް ހެދުމަކީ ގާނޫނާ ޚިލާފުކަމެއް ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

އެ ކުންފުނިން ވަނީ އެއްވެސް ކުންފުންޏަކުން އެ ކުންފުނީގެ ވިޔަފާރިއަށް ގެއްލުންވާނެ ގޮތަށް އަމަލުކުރިކަން ކުންފުނީގެ ސަމާލުކަމަށް އައިސްފިނަމަ، އެކަން ކުށްވެރިކޮށް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން އެމްޓީސީސީގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ގާނޫނީ ތަރަހައިގެ ތެރެއިން އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅެއް އެ ފަރާތާ ދެކޮޅަށް އެމްޓީސީސީއިން އަޅާނެކަމަށް ބުނެފައެވެ.

އެމްޓީސީސީއިން ވަނީ އެހެން ކުންފުނިތަކުން ވިއްކަމުންދަނީ ކާސްޓްރޯލްގެ ނަކަލު އުފެއްދުންތަކެއްކަމުގެ ފުރުސަތު ވެސް ބޮޑުކަމަށް ބުނެފައެވެ.

ކަސްޓަމަރުން މިކަމާމެދު ސަމާލުވާން ޖެހޭކަމަށާއި ކާސްޓްރޯލްގެ އަސްލު އުފެއްދުން ކަސްޓަމަރުންނަށް ލިބިގެންްދާނީ ހަމައެކަނި އެމްޓީސީސީ މެދުވެރިކޮށް ކަަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.