މިލިއުން ޝެއަރ ކުރައްވާ

ޑިސެމްބަރު މަހު އަގުތައް މަތި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

މިދިޔަ ޑިސެމްބަރު މަހު ދިވެހިރާއްޖޭގެ އިޤްތިޞާދީ ބާޒާރުގައި މުދަލާއި ޚިދުމަތުގެ އަގުތަކަށް ފާހަގަކުރެވޭ ބަދަލުތަކެއް އައިސްފައިވެއެވެ. ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ޝާއިޢުކޮށްފައިވާ ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީޕީއައި) ގެ މަޢުލޫމާތުތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަގުތައް ވަނީ 4.80 އިންސައްތަ މައްޗަށް ގޮސްފައެވެ.

މީގެ އިތުރުން، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު ޑިސެމްބަރު މަހު އަގުތައް ވަނީ 1.11 އިންސައްތަ އިތުރުވެފައެވެ. ކަނޑުމަހުގެ އަގަށް އައި ބަދަލު ނުހިމަނައި ބަލާއިރު، އިންފްލޭޝަން ރޭޓް ހުރީ 1.13 އިންސައްތައިގައެވެ.

އަގުތައް އެންމެ ބޮޑަށް މައްޗަށް ދިޔަ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:
1. ސިނގިރޭޓް – 11.15 އިންސައްތަ
2. ރެސްޓޯރަންޓާއި ކެފޭގެ ޚިދުމަތްތައް – 9.19 އިންސައްތަ
3. ތަރުކާރީ – 4.48 އިންސައްތަ
4. މޭވާ – 2.78 އިންސައްތަ
5. ކިރު، އެހެނިހެން ޑެއިރީ އުފެއްދުންތަކާއި ބިސް – 0.66 އިންސައްތަ
6. ކަނޑުމަސް – 0.65 އިންސައްތަ

އެހެންނަމަވެސް، ބައެއް ދާއިރާތަކުގައި އަގުތައް ދަށަށް ގޮސްފައިވެއެވެ. މިގޮތުން:
1. މޯބައިލް މުވާސަލާތީ ޚިދުމަތްތައް – 3.73 އިންސައްތަ ދަށަށް
2. ކަރަންޓުގެ އަގުތައް – 2.28 އިންސައްތަ ދަށަށް
3. ސަޕްލައި ފެނުގެ އަގު – 0.69 އިންސައްތަ ދަށަށް

މި ތަފާސްހިސާބުތަކުން ދައްކުވައިދެނީ ޖުމުލަގޮތެއްގައި މުދަލާއި ޚިދުމަތުގެ އަގުތައް މައްޗަށް ގޮސްފައިވާކަމާއި، ވަކިން ޚާއްޞަކޮށް ކާބޯތަކެއްޗާއި އާންމު ދިރިއުޅުމުގެ ޚަރަދުތައް އިތުރުވެފައިވާކަމެވެ.