މިލިއުން ޝެއަރ ކުރައްވާ

ޒަރޫރީ ތަކެތީގެ ކޯޓާ އިތުރުކޮށްދީފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ޒަރޫރީ ބާވަތްތައް ރާއްޖެ އެތެރެކުރަން ކަނޑައަޅައިފައިވާ މިންވަރު އެ ގައުމުން އިއްޔެ އިތުރުކޮށްދީފިއެވެ.

އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓްރީން އިއްޔެ ވަނީ ރާއްޖެއަށް އެކްސްޕޯޓުކުރާ ޒަރޫރީ ކާބޯތަކެތީގެ ބާވަތްތަކާއި، ކޮންސްޓްރަކްޝަން މަސައްކަތަށް ރާއްޖެ އެތެރެކުރާ މުދަލުގެ މިންވަރު އިތުރުކޮށް އެ ކަން ހާމަކޮށްފައެވެ.

މި އަދަދުތަކަކީ 1981 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ރާއްޖެއަށް ޒަރޫރީ ކާބޯތަކެތީގެ ބާވަތްތަކާއި ހިލަވެލި އެތެރެކުރުމަށް އެއްބަސްވެ، އެ ކަން ކުރަން ފެށިފަހުން ކަނޑައެޅި އެންމެ ބޮޑު އަދަދުތަކެވެ.

އެގޮތުން ހިލައާއި، ހިލަވެލި ރާއްޖެއަށް އެކްސްޕޯޓްކުރަން ކަނޑައަޅައިފައިވާ މިންވަރު ވަނީ 30 ޕަސެންޓު އިތުރުކޮށް، 1،300،000 މެޓްރިކް ޓަނަށް އިތުރުކޮށްފައެވެ.

މީގެ އިތުރުން ބިސް، އަލުވި، ފިޔާ، ހަކުރު، ފުށް، ހަނޑޫ ރާއްޖެއަށް އެކްސްޕޯޓް ކުރާ މިންވަރު ވަނީ ފަސް ޕަސެންޓުން އިތުރުވެފައެވެ. މީގެ އިތުރުން 56 ޕަސެންޓުން މުގު އެތެރެކުރާ މިންވަރު ވަނީ އިތުރުކޮށްފައެެވެ. އެގޮތުން އިތުރުވި މިންވަރަކީ:

  • ބިސް – 448،913،750
  • އަލުވި – 22،589 މެޓްރިކް ޓަން
  • ފިޔާ – 37،537 މެޓްރިކް ޓަން
  • ހަނޑޫ – 130،429 މެޓްރިކް ޓަން
  • ފުށް – 114،621 މެޓްރިކް ޓަން
  • ހަކުރު – 67،719 މެޓްރިކް ޓަން
  • މުގު – 350 މެޓްރިކް ޓަން

އިންޑިއާއިންވަނީ އެ ގައުމުން ޒަރޫރީ ކާބޯތަކެތި އެކްސްޕޯޓްކުރުން ވަރަށް ގިނަ ގައުމުތަކަށް ހުއްޓައިލައިފައެވެ. ނަމަަވެސް އެ ގައުމުގެ ނެއިބަހުޑް ފަސްޓް ޕޮލިސީގެ ދަށުން ރާއްޖެއަށް އައީ އެ ތަކެތި އެކްސްޕޯޓް ކޮށްދެމުންނެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު ގެންގުޅުއްވި އިންޑިއާ އާ ދުރު ހާރިޖީ ސިޔާސަތާއެކު ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. ނަމަވެސް ފަހުން އެ ގުޅުން ބަދަހިކޮށް އިންޑިއާއިން އަންނަނީ ރާއްޖެއަށް ގިނަ ކަންކަމުގައި ބޮޑެތި އެހީތައް ދެމުންނެވެ.