މިލިއުން ޝެއަރ ކުރައްވާ

10 ކަސްޓަމަރުންނަށް ޙައްޖު ދަތުރު

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިން ޔުނިޓުން 10  ކަސްޓަރުންނަށް ޙައްޖު ދަތުރުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ޚާއްޞަ ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނެނީ:

1. ބީއެމްއެލް އިސްލާމިކްގެ ޚިދުމަތް މިހާރު ބޭނުންކުރަމުންދާ މުވައްކިލުން
2. އަލަށް ޚިދުމަތް ބޭނުންކުރަން ފަށާ މުވައްކިލުން
3. ފައިނޭންސިންގ ފެސިލިޓީއެއް ބޭނުންކުރަމުންދާ މުވައްކިލުން
4. މުސާރަ ޖަމާކުރާ މުވައްކިލުން
5. ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް ނުވަތަ އިސްލާމިކް ކްރެޑިޓް ކާޑު ބޭނުންކުރަމުންދާ މުވައްކިލުން

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ޕްރޮމޯޝަނުން ދަތުރު ލިބޭ ބައިވެރިންގެ ޙައްޖުގެ އެންމެހައި ޚަރަދުތައް ހަމަޖައްސަވާނީ ބޭންކުންނެވެ.

ދިވެހިރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ގޮތުގައި، ބީއެމްއެލް އިސްލާމިކުން ފޯރުކޮށްދެނީ ޝަރީޢާ ހުއްދަކުރާ އެކައުންޓް، ކާޑު އަދި ފައިނޭންސިންގ ޚިދުމަތްތަކެވެ. މީގެ ތެރޭގައި ހިމެނެނީ:

– އިސްލާމިކް އޯވަރޑްރާފްޓް ފައިނޭންސިންގ
– ކޭޝް ފައިނޭންސިންގ
– ހައިބްރިޑް ހޯމް ފައިނޭންސިންގ
– އިސްލާމިކް ޑެބިޓް ކާޑު
– ޝަރީޢާ ހުއްދަކުރާ ކްރެޑިޓް ކާޑު

މި ޕްރޮމޯޝަނާ ގުޅޭ އިތުރު މަޢުލޫމާތު ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.