ފާއިތުވި ޖެނުއަރީ މަހު ދިވެހިރާއްޖެއަށް 200,000 އަށްވުރެ އިތުރު ފަތުރުވެރިން ޒިޔާރަތްކުރިކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއީ ވޭތުވެދިޔަ އަހަރުގެ އެއް މުއްދަތާ އަޅާބަލާއިރު 11.1 އިންސައްތައިގެ އިތުރުވުމެކެވެ.
ޖެނުއަރީ މަހު ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމަކީ ޗައިނާއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޖެނުއަރީ 29 ގެ ނިޔަލަށް ޗައިނާގެ 31,388 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ ޖުމްލަ ފަތުރުވެރިންގެ 15.7 އިންސައްތައެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ އިސް 10 ޤައުމުގެ ތަފްޞީލު ތިރީގައި މިވަނީއެވެ:
1. ޗައިނާ – 31,388 ފަތުރުވެރިން
2. ރަޝިއާ – 20,902 ފަތުރުވެރިން
3. އިޓަލީ – 19,042 ފަތުރުވެރިން
4. އިނގިރޭސިވިލާތް – 17,714 ފަތުރުވެރިން
5. ޖަރުމަނުވިލާތް – 11,697 ފަތުރުވެރިން
6. އިންޑިއާ – 9,550 ފަތުރުވެރިން
7. ފަރަންސޭސިވިލާތް – 6,845 ފަތުރުވެރިން
8. އެމެރިކާ – 6,168 ފަތުރުވެރިން
9. ޕޮލެންޑް – 4,272 ފަތުރުވެރިން
10. ދެކުނު ކޮރެއާ – 3,536 ފަތުރުވެރިން
ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 69.7 އިންސައްތަ (134,714 ފަތުރުވެރިން) ވަނީ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައެވެ. އަދި 25.5 އިންސައްތަ (50,864 ފަތުރުވެރިން) ވަނީ ގެސްޓްހައުސްތަކުގައި މަޑުކޮށްފައެވެ. މީގެ އިތުރުން، 4,907 ފަތުރުވެރިން ޓޫރިސްޓް ހޮޓާތަކުގައި އަދި 4,613 ފަތުރުވެރިން ޓޫރިސްޓް އުޅަނދުފަހަރުގައި ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.
މިހާރު ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ޚިދުމަތް ފޯރުކޮށްދެމުންދަނީ 177 ރިސޯޓާއި، 793 ގެސްޓްހައުސްއާއި، 154 ސަފާރީ އުޅަނދާއި އަދި 15 ހޮޓަލުންނެވެ.