މިލިއުން ޝެއަރ ކުރައްވާ

ދިރާގުން ދޭ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ހޮވަނީބުރާސްފަތި ދުވަހު

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ދިރާގުގެ ފަރާތުން ކުރިއަށް ގެންދެވުނު “ވިން އަ ސްޕީޑްބޯޓު” ޕްރޮމޯޝަންގެ ވަނަވެރިޔާ ހޮވުމުގެ ރަސްމިއްޔާތު ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ޢާންމުކޮށްފައިވެއެވެ.

ދިރާގުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޚާއްޞަ ރަސްމިއްޔާތު އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 20:00 ގައި ހުޅުމ00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ރަސްމިއްޔާތުގައި ދިވެހި ފަންނާނުންގެ ޚާއްޞަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި އެކި ބާވަތުގެ ކާބޯތަކެތީގެ ސްޓޯލްތައް ހިމެނޭނެ ކަމަށްވެސް އެ ކުންފުނިން ހާމަކުރައްވާފައިވެއެވެ.

“ވިން އަ ސްޕީޑްބޯޓު” ޕްރޮމޯޝަނަކީ ދިރާގުގެ އަހަރީ ދުވަހާ ގުޅުވައިގެން 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ޑިސެންބަރު މަހަށް ކުރިއަށް ގެންދެވުނު ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ އިނާމުގެ ގޮތުގައި ހަމަޖެހިފައިވަނީ އަލްޝާލީ މެރިންގެ “މަޖެލަން 32” ލޯންޗެކެވެ. މި ލޯންޗަކީ 12 މީހުންގެ ޖާގައިގެ 32 ފޫޓުގެ ލޯންޗެކެވެ. މީގެ އިތުރުން، މި ލޯންޗުގައި ޔަމަހާގެ 175 ހޯސްޕަވަރުގެ ދެ އިންޖީނު ހަރުކުރެވިފައިވެއެވެ. އަދި މި ލޯންޗުގައި އަރާމުދޭ ޑެކަކާއި، ހިތްފަސޭހަ ކެބިންއަކާއި، ބަދިގެއެއްވެސް ހިމެނެއެވެ.

ދިރާގުން ކުރިއަށް ގެންދެވުނު “ވިން އަ ސްޕީޑްބޯޓު” ޕްރޮމޯޝަނަށް ރައްޔިތުންގެ ފަރާތުން ފާހަގަކޮށްލެވޭ ތަރުޙީބެއް ލިބިފައިވެއެވެ. އަދި 2023 ވަނަ އަހަރުވެސް ދިރާގުން ވަނީ މިފަދަ ބޮޑު ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮމޯޝަންގައި އިނާމުގެ ގޮތުގައި ދެވިފައިވަނީ ޓެސްލާ ކާރެކެވެ.