އިސްލާމިކް މިނިސްޓަރ ހާމަކުރައްވާ ގޮތުގައި ދިވެހި ރާއްޖޭގައި ފިތުރު ޒަކާތް ބަހަނީ އެރަށަކުން ލިބޭ އެއްޗެއް އެރަށެއްގެ ފަގީރުންނަށެވެ. އަދި ފަގީރުން ނެތް ރަށެއްނަމަ އެންމެ ކައިރީގައި އޮތް ފަގީރުން ތިބި ރަށަކަށެވެ. މާލޭގައި ފަގީރުންގެ ދަފްތަރުގައި 8000 ހާ މީހުން ރަޖިސްޓްރީ ކޮށްފައިވެއެވެ. ފިތުރު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ އަމީނިއްޔާ ސްކޫލްގެ ހޯލުގައި މިއަދު (9އޭޕްރީލް 2024) ހެނދުނު 11 ން މެންދުރުފަހު 3:30 އަށް އަދި ރޭގަނޑު 8:30 ން 10:30 އަށް ބެހުމަށް ހަމަޖެހިފައިވާ ފިތުރު ޒަކާތުގެ ގޮތުގައި މާލެގެ ދަފްތަރުގައި ތިބި މީޙުނަށް ކޮންމެ ބޮލަކަށް 8000 ރުފިޔާ ގެ ރޭޓުން ސީދާ އެމީހެއްގެ އެކައުންޓަށް ފިތުރު ޒަކާތް ޖަމާވަމުންދާނެއެވެ.
މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސް ހިސާބުތަކުން މިރޯދަމަހުގެ ފުރަތަމަ 20 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ.