މިލިއުން ޝެއަރ ކުރައްވާ

ސެމްސަންގް އެސް24 : ހީކުރިވަރުގެ މޮޅު ފޯނެއްތަ؟

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

އެޕް އައިކަންތައް ކުލައެއް ނެތި ފެންނަ ފީޗާއަކާއެކު، އައިއޯއެސް 26 ތައާރަފުކޮށްފި

ދިރާގުން ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް ބޭއްވުމަށް ޕާޓްނާޝިޕް ހަދައިފި

ޕެނަލް ޑިސްކަޝަނަކާއެކު އުރީދޫ ދުނިޔޭގެ ރިކޯޑް ފޮތަށް

“ރާސްޓަސް ސަޕްރައިޒް” ޕްރޮމޯޝަންގައި އަގުހުރި އިނާމުތަކެއް

ސޭމްސަންގް ގެ އެންމަ ފަހުގެ ފޯން ގެލެކްސީ އެސް24 ބާޒާރަށް ނުކުތީ ސެމްސަންގް ބޭނުންކުރާ ގިނަ ބައެއްގެ އެކްސްޕެކްޓޭޝަން ވަރަށް މަތީގައިވާ ދަނޑިވަޅެއްގައެވެ. ފޯނަށް ޝައުގެުވެރިވެފައިވާ މީހުން ބޭނުންވި ބަދަލުތައް އެސް24 ގައި ހިމެނިފައި ވޭބާވައެވެ. ނޫނީ ކުރިންވެސް ހުރި ފީޗަރސްތައް ރަނގަޅު ކޮށްލާފައި ފޯނު ނެރުނީބާވައޭ ހިތައްއަރާ ދޮގެއްތޯއެވެ. ޑިޒަންއަށާއި އެހެނިހެން ފީޗަރ ތަކަށް ބޮޑެތި ބަދަލުއައިސްފައި ނުވިނަމަވެސް އާދަޔާ ހިލާފު ކުރިއެރުމެއް ލިބިފައިވަނީ އެސް24 ގެ ކެމެރާ އަށެވެ. ފޯނުގެ ބޮޑީއަށް މާބޮޑު ބަދަލެއް ގެނެސްފައެއް ނުވެއެވެ. ނަމަވެސް އެސް24ގައި އެންމެ ފަހުގެ ސްނެޕްޑްރެގަން 8 ޖެން 2 ގެ ޕްރޮސެސަރ ފޯނުގެ ޕާރފޯމަންސް ވަރަށް ބޮޑުތަނުން ރަނގަޅުކޮށްދޭނެއެވެ. މީގެ ސަބަބުން އެޕްތައް ލޯޑުވާލެއް އަވަސްވެ ފޯނުން ގޭމް ކުޅޭ މީހުންނަށް ފައިދާކުރާނެއެވެ. އެސް24ގެ ޑިސްޕްލޭގެ ރިފްރެޝްރޭޓްވެސް އެހެން ފޯނުތަކާއި އަޅާބަލާއިރު މާބޮޑުތަން ރަނގަޅުކޮށްފައިވެއެވެ.

އެސް24ގެ އާޓިފިސިއަލް އިންޓަލިޖަންސްގެ އައު ފީޗަރސްތައް ހިމަނާފައި ވެއެވެ. ފޮޓޯއިން ޓެކްސްޓް ކޮޕީ ކުރުން، ބިޒީވަގުތުތަކުގައި ހޭންޑްސްފްރީކޮށް ފޯނަށް ޖަވާބުދިނުމާއި ދައްކާވާހަކަ ޓެކްސްޓް އަށް ބަަދަލުކުރުން، އެހެން ބަސްބަހުން ދައްކާ ވާހަކަ ފޯނުކޯލުގައި ވަގުތުން ތަރުޖަމާކުރުން އަދި ޓެކްސްޓް ކުރާއިރު މެސެޖަކީ ކޮންކަހަލަ މެސެޖެއްކަން ދެނެގަނެ ޖަވާބު ލިޔުމުގައި އެހީތެރިވުން ހިމެނެއެވެ.

މިފޯނުގެ މިކަހަލަ ހާއްސަ ސިފަތަކެއް ހުރިނަމަވެސް އެސް23 ގެންގުޅޭ މީހަކަށް މިފޯނު ގަންނާނެތޯ އެއީ ކޮށްލަންރަނގަޅު ސުވާލެކެވެ. ޖަވާބަކީ އެސް23 އަށްވުރެ މުސްކުޅިފޯނެއް ގެންގުޅޭމީހަކަށް މިއީ ރަނގަޅު އިންވެސްމަންޓެކެވެ. ފޯނުން މޮޅެތިގޭމްކުޅެން ބޭނުންނަމަވެސް ފޯނު ރަނގަޅެވެ. ނަމަވެސް އެސް23 ގެންގުޅޭމީހަކަށް މާބޮޑު ބަދަލުތަކެއް ނުފެންނާނެތީ މޮޅުގޮތަކީ މި ފޯނު ދޫކޮށްލުމަށްފަހު ދެންއަންނަ ފޯނަކަށް އިންތިޒާރުކޮށްލުމެވެ.