މިލިއުން ޝެއަރ ކުރައްވާ

ކަނޑު އުޅަނދުތަކުގައި ޓްރެކިން ޑިވައިސް ހަރުކުރަނީ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

އެޕް އައިކަންތައް ކުލައެއް ނެތި ފެންނަ ފީޗާއަކާއެކު، އައިއޯއެސް 26 ތައާރަފުކޮށްފި

‘އަރަބިއަން ޓްރެވަލް މާކެޓް’ ދުބާއީގައި މިއަދު ފަށައިފި

އިގުތިސާދީ ކުރިއެރުން އާ ޓާމިނަލް ބޭނުންކުރަން ފެށުމާ ގުޅިފައި!

ރާއްޖޭގެ އެކި ކޮޅުކޮޅުގައި ބޭނުންކުރާ ކަނޑު ދަތުރުފަތުރގެ އުޅަނދުތަކުގައި ޓްރެކިންގ ޑިވައިސް ހަރުކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިގޮތަށް ނިންމީ މިހާރު ރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުން ފުޅާވެފައިވާތީ އެކަން ހުއްޓުވުމުގެ ބޭނުމުގައެވެ.

މިއީ ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން ކެބިނެޓަށް ހުށަހެޅި ކަރުދާހަކަށް މަޝްވަރާކުރުމަށްފަހު ކެބިނެޓުން ނިންމި ނިންމުމެކެވެ.

މިނިންމުމާއެކު ކަނޑުދަތުރުކުރާ އުޅަނދުގެ ސަލާމަތާބެހޭ ޤަވާޢިދަށް އިސްލާހެއްގެނެސް ޓްރެކިންގ ޑިވައިސް ހަރުކުރުން ލާޒިމްވާގޮތަށް މިޤަވާޢިދު އިސްލާޙުކުރުމަށްވެސް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މިޑިވައިސް ހަރުކުރާ ކަނޑުއުޅަނދުތަކުގެ ޙާރަކާތްތައް ބަލަހައްޓާނީ ފުލުހުންނާއި އެމްއެންޑީއެފުންނެވެ.