މިލިއުން ޝެއަރ ކުރައްވާ

ހަފްތާގެ ފުޓްބޯޅަ ހަބަރު (17 އިން 21 މާރޗް އަށް)

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

އުރީދޫ ނޭޝަންގެ އެޓޯލް އީސްޕޯޓްސް ލީގުގައި ބައިވެރިވާން ހުޅުވާލައިފި

އައްޑޫގައި ބާއްވާ އުރީދޫ ފަންރަންގައި ރަޖިސްޓާވާން ހުޅުވާލައިފި

“އީދު ބައިބަލާ ޗެލެންޖް 1446” ގެ ޑިޖިޓަލް ޕާރޓްނަރަކަށް ދިރާގު

ރާއްޖެއާއި ލިވަޕޫލްގެ ޕާޓްނާޝިޕް އިނގިރޭސިވިލާތުގައި އިޝްތިހާރުކުރަނީ

ފުޓްބޯޅަ ހަބަރުތަކުގެ ތެރެއިން މި ހަފްތާގައި އެންމެ ފާހަގަކޮށްލެވޭ އެއް ހަބަރަކީ އަލްފަންސޯ ޑާވިސް އާއި ބަޔާން އާއި ދެމެދު ދެކެވެމުންދާ ވާހަކަތަކުގެ ޚަބަރެވެ. ބިޔާން އިން މިހާރު އެންމެ ފަހުގެ ހުށަހެޅުން ހުށަހަޅާފައެވެ. އެއީ ބުނެވޭގޮތުގައި 13 މިލިއަން ޔޫރޯއެވެ. ޑާވިސް ބަޔާން އަށް ބަދަލުވީ 2019 ގައި 22 މިލިއަން ޔޫރޯއެވެ. ނަމަވެސް ސްޕެނިޝް މީޑިއާ މިހާރު ބުނާގޮތުގައި ރިއާލް މެޑްރިޑް އަށް ދާން އެއްބަސްވެފައެވެ.

ދެވަނައަށް އެންމެ ފާހަގަކޮށްލެވެނީ ގޯލްކީޕަރ މެނުއެލް ނޮއަރ އަދި ލުކާކޫގެ އިންޖަރީގެ ޚަބަރެވެ. މީގެ ސަބަބުން ގޯލްކީޕަރަށް ކުރިޔަށް ހުރި ފްރެންޑްލީތައް ގެއްލިގެން ދާނެއެވެ. އަދި ލުކާކޫއަށް ވެސް ކުރިއަށް ހުރި އެތައް މެޗްތަކެއް ގެއްލޭނެއެވެ.

ޔޫރަޕްގެ ބޮޑެތި ލީގްތަކަށް ބާލާލާއިރު އިނގިރޭސި ޕްރިމިއަރ ލީގް ގައި މިވަގުތު އެންމެ ކުރީގައި އުޅެނީ އާސެނަލްއެވެ. ލިވަޕޫލް ދެވަނައިގައި އުޅޭއިރު ތިންވަނައިގައިވަނީ މެންޗަސްޓަރ ސިޓީ އެވެ.

ސްޕެނިޝް ލަލީގާގެ އެއްވަނައިގައި މިހާރު އުޅެނީ ރިއާލް މެޑްރިޑްއެވެ. އަދި ދެވަނައިގައި ބާސާއެވެ. އިޓާލިއަން ސަރީއާ އޭގައި ޖުވެންޓަސް، ޖަރމަން ބުންޑަސްލީގާގައި ބަޔާރން މިއުނިކް އަދި ފްރެޗްކީގް ގައި ޕީއެސްޖީ ވެސް އުޅެނީ ޓޭބަލްގެ އެންމެ ކުރީގައެވެ.