ބޮލީވުޑް އިން މިއަންނަ އެޕްރީލް މަހުނެރޭ ބޮޑެތި ފިލްމްތަކަށް ބަލާލާއިރު މި ފަސްފިލްމްއަކީ ފާހަގަ ކޮށްލެވޭނެ 5 ފިލްމެކެވެ.
- ބަޅޭމިއާ ޗޯޓޭމިއާ (10 އެޕްރީލް) ހިންޏާގެން ހަލާކުވާފަދަ މަޖާ ފިލްމަކަށް ވެގެންދާނެ މި ފިލްމަކީ 80ގެ އަހަރުތަކުގައި އަމީތާބް އަދި ގޯވިންދާގެ ފިލްމްގެ ރީމޭކް އެކެވެ. މި ފިލްމުގައި އެކްޓްކޮށްފައިވަނީ އަކްޝޭ ކުމާރް އަދި ޓައިގަރ ޝޮރޮފް އެވެ.
- މައިދާން (5 އެޕްރީލް) އަޖޭ ދޭވްގަންގެ މިފިލްމަކީ އިންޑިޔާ ފުޓުބޯޅައިގެ ތާރީހް ފެނިގެންދާނެ ފިލްމަކަށެވެ.
- މާސޫމް ކާތިލް (12 އެޕްރީލް) މި ކްރައިމް ތްރިލަރގައި އެކްޓްކޮށްފައިވަނީ އާކާޝް ގުޕްތާ އާއި ޖަގްރިތީއެވެ.
- މިސްޓަރ އެންޑް މިސިސް މާހީ (19 އެޕްރީލް) ލޯތްބާއި އެމްބިޝަންގެ މައްސުނި ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމްއަކީ ކްރިކެޓްއަށް ލޯބިކުރާމީހުންނަށް ވަރައް ޙާއްސަ ފިލްމެކަށް ވެގެންދާނެއެެވެ. ރާޖްކުމްރް ރާއޯ އާއި ޖާންވީ ކަޕޫރުގެ ހުނަރު ދައްކުވައިދޭ މިފިލް އަކީ ލޯބީގެ ރީތި ފިލްމަކަށް ވާނެ ކަމުގެ އުންމީދު ވަރަށް ބޮޑެވެ.
މިފިލްމްތަކުގެ ތެރެއިން އަދި އެއްވެސް ފިލްމެއް ޝްވެކް ސިނަމާގައި ދައްކާނެކަން އަދި އިނގިފައެއް ނުވެއެވެ. ނަަމަވެސް ބަޅޭމިއާ ޗޯޓޭމިއާ ފަދަ ބޮޑު ފިލްމެއް ނާޅުވާ ދޫކޮށް ނުލާނެކަމަށް ބެލެވެއެވެ.