މިލިއުން ޝެއަރ ކުރައްވާ

މި އެޕްރީލްމަހު ނުކުންނާނެ 5 ހޮލީވުޑް ފިލްމު

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ޕެނަލް ޑިސްކަޝަނަކާއެކު އުރީދޫ ދުނިޔޭގެ ރިކޯޑް ފޮތަށް

ކަރާފެޅުމުގެ ގްރޭންޑް ޕްރައިޒް ލިބުނީ ޝާދިޔާއަށް

ކަރާ ފަޅައިގެން އުރީދޫއިން ނަސީބުވެރި އެކަކަށް އަގުހުރި 10 އިނާމު

“ރޯދަ ކެޗާ”ގެ ނަމުގައި ހާއްސަ ޗެލެންޖެއް

މިއަންނަމަހު ނުކުންނަ ފިލްމަތަކަށް ބަލާއިރު މި ފަސްފިލްމަކީ ފާހަގަކޮށްލެވޭ 5 ފިލްމެވެ.

  1. މަންކީ މޭން (5 އެޕްރީލް) މި އެކްޝަން ތްރިލަރގައި އެކްޓަރ ޑައިރެކްޓަރ ޑޭވް ޕަޓޭލް އާއި އެކު ފެނިގެންދާނީ ޝާލްޓޯ ކޯޕްލޭއެވެ. މިފިލްމެ ޕްލޮޓް އަދި މިހާތަނަށް ހާމަކޮށްފައިނުވިނަމަވެސް މިދެތަރިން އުޅޭ ކޮންމެ ފިލްމެއްވެސް އާދަޔާ ހިލާފްކަން ފާހަގަކޮށްލާންޖެހެއެވެ.
  2. ދަ ފަސްޓް އޯމަން (5 އެޕްރީލް) ބިރުވެރިފިލްމް ބަލާހިތްވާ މީހުންނަށް މިއީ ފުރުސަތަކެވެ. މިފިލްމަކީ ކުރީގެ ފިލްމެއް ކަމަށްވާ އޯމަންގެ ޕްރީކުއަލް އެކެވެ.
  3. ބެކް ޓު ބްލެކް (12 އެޕްރީލް) މެރިއްސާ އަބަލް އަދި ޖެކް އޯކޮނެލް ހަރަކާތްތެރިވާ މިފިލްމްއަކީ އިގިރޭސި ލަވަކިއުންތެރިޔާ އެމީ ވައިންހައުސްގެ ވާހަކަ ކިޔާދޭ ފިލްމެކެވެ. ފިލްމް ޑައިރެކްޓްކޮށްފައިވަނީ ފިފްޓީ ޝޭޑްސް އޮފް ގްރޭގެ ޑައިރެކްޓަރ ސޭމް ޓޭލަރ ޖޯންސަންއެވެ.
  4. ސިވިލްވޯރ (19 އެޕްރީލް) ސައިފައި ފިލްމަތަކަށް މަޝްހޫރު އެލެކްސް ގާރލަންޑް މިފަހަރު ގެނެސްދެނީ ކުރުމަގު ނުވަތަ ސައިފައި ސިވިލްވޯރ އެއްގެ ވާހަކައެވެ.
  5. ގޯސްޓް ބަސްޓަރސް: ދަފްރޯޒަން އެމްޕަޔަރ (19 އެޕްރީލް) މިފިލްމަގައި ޖިންނިއާއި ތަޅާފޮޅާގުރޫޕަށް ކުރިމަތިލާންޖެހެނީ މުޅިން އައު ޖިންނިއަކާއެވެ. މިފަހަރު ފެނިގެންދާނީ ދުނިޔެ 2 ވަނަ އައިސް އޭޖްއަކަށް ދިޔަ ނުދިނުމަށް ކުރާ މަސައްކަތެވެ.

މިފިލްމްތަކުގެ ތެރެއްިން ޝްވެކްސިނަމާއިން ދައްކާނެކަމަށް  އަދި ހާމަކޮށްފައިވަނީ ގޯސްޓް ބަސްޓަރސް އެވެ. އަދި މީގެ އިތުރުން މި ލިސްޓަށް ނޭރިނަމަވެސް ގޮޑްޒިލާ ވާރސަސް ކޮންގް (12 އެޕްރީލް) ވެސް ޝްވެކް ސިނަމާގައި ދައްކާނެއެވެ.