މިސަރުކާރުގެ ރާއްޖޭގައި އިތުރު 9 އެރޕޯޓެއް އެޅުމަށް ނިންމާ އެރަށްތައް ކަނޑައަޅައިފިއެވެ. މިރަށްތައް ކަނޑައެޅުއްވީ މިކަމަށް ނެރުއްވި ޤަރާރެއްގައެވެ. އަދި ހަމަ މިއާއެކު މިހާރު މަސައްކަތް ފަށާފައިވާ ރަށްތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވެސް ނިންމަވާފައިވެއެވެ. މިޤަރާރުގައި އަލަށް އެަރޕޯޓު އެޅުމަށް ކަނޑައެޅުއްވި ރަށްތަކަކީ:
- ހއ. ދިއްދޫ
- ށ. މިލަންދޫ
- ށ. ދިގުވެލި
- ނ. ވިހަފަރު
- ރ. ފައިނު
- އއ. މަތިވެރި
- ފ. ނިލަންދޫ
- ތ. ގުރައިދޫ
- ގއ. މާޅެންދޫ
އަދި މިރަށްތަކުގެ އިތުރުން ލ. އަތޮޅުން ސަރުކާރުން 2 ވަނަ އެއަރޕޯޓެއް އެޅުމަށްވެސް ރައީސްގެ ޤަރާރުގައިވެއެވެ. މީގެ އިތުރުން މަސައްކަތް ފަށާފައިވާ ރަށްތަކުގެ މަސައްކަތްތައް ނިންމަން ވެސް ކަނޑައަޅާފައިވެއެވެ. އެގޮތުން ހދ. މަކުނުދޫ، ށ.ބިލެތްފަހި، ރ.އަލިފުށި، ބ.ތުޅާދޫ، ތ.ވިލުފުށި އަދި މ. މުލި ހިމެނެއެވެ.
އައްޑޫ ގަން އިންޓަރނޭޝަނަލް، ފުވައްމުލަކު އެއަރޕޯޓު، މާވާރުލު އެއަރޕޯޓް، ފުނަދޫ އެއަރޕޯޓް، ދަރަވަންދޫ އެއަރޕޯޓް އަދި ކުޅުދުއްފުށި އެއަރޕޯޓް ތަރައްޤީކުރުންވެސް މިޤަރާރުގައިވެއެ