ސެމްސަންގް ގެލެކްސީ އެސް24 ގެ ވެރިންނަށް މި ލިބުނީ އުފާވެރި ޚަބަރެކެވެ. ސެމްސަންގުން ދާދި ފަހުން ވަނީ އެޕްރީލް މަހުގެ ސޮފްޓްވެއާ އަޕްޑޭޓެއް ނެރެފައި ކަމަށާއި އެ ސޮފްޓްވެއާ އަޕްޑޭޓްގައި ކެމެރާގެ އެކި މައްސަލަތަކަށް ހައްލެއް ގެނެސްދީފައިވާ ކަމަށެވެ. ހިތާމައަކީ މި އަޕްޑޭޓް ހަމައެކަނި ދެކުނު ކޮރެއާގައި ލިބެން ހުރި ނަމަވެސް ސެމްސަންގް ކޮރެއާ ފޯރަމްގައި އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ވަރަށް އަވަހަށް އެހެން ސަރަހައްދުތަކުގައި ވެސް ނެރޭނެ ކަމަށް ބެލެވެ އެވެ.
ފާމްވޭ ވަރޝަން S928NKSU1AXCA އަކީ ގާތްގަނޑަކަށް 800އެމްބީގެ ސައިޒެކެވެ. އެއީ ސެމްސަންގްގެ އެކްސްޕާޓް ރޯ އެޕްގައި ލޯލައިޓް އިމޭޖްތަކާއި އިމޭޖް ކުލަތައް ރަނގަޅުކުރުމާއި، ފޮޓޯ މޯޑުގައި ޒޫމް ކުރާއިރު ޓެކްސްޓް ކްލެރިޓީ ރަނގަޅުކުރުމާއި، އިންސްޓޭންޓް ސްލޯ-މޯ ވީޑިއޯ ރެކޯޑްކުރާއިރު 480 x 480 ރިޒޮލިއުޝަނަށް ސަޕޯޓްކުރުމެވެ. އޭޕްރީލް މަހުގެ ގެލެކްސީ އެސް24 އަޕްޑޭޓް ބިނާކޮށްފައިވަނީ މީގެ ކުރިން ފެބްރުއަރީ މަހު ނެރުނު ރިލީޒްގެ ކުރިއެރުންތަކުގެ މައްޗަށް ކަމަށާއި އޭގެ ތެރޭގައި ޒޫމް، ޕޯޓްރެއިޓް މޯޑް، ނައިޓް މޯޑް، އަދި ރިއަރ ކެމެރާ ވީޑިއޯ ކެޕްޗާ ކެޕޭސިޓީ އިތުރުކޮށްފައިވާ ކަމަށެވެ.
ސެމްސަންގުން ވަނީ އެ ކުންފުނީގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު ލައިނަޕް މި އަހަރުގެ ކުރީކޮޅު ތައާރަފްކޮށްފަ އެވެ. އެއީ ސްޓޭންޑަޑް ދެ މޮޑެލް ކަމަށްވާ ގެލެކްސީ އެސް24 އާއި ގެލެކްސީ އެސް24 ޕްލަސް އާއި ޓޮޕް އޮފް ދަ ލައިން ގެލެކްސީ އެސް24 އަލްޓްރާ އެވެ. އެއީ އަހަރުމެން އެންމެ ގަޔާވާ ފޯނުތަކުގެ ތެރޭގައި ހިމެނޭ ފޯނުތަކެވެ.
ގެލެކްސީ އެސް24 އަދި ގެލެކްސީ އެސް24 ޕްލަސްގައި 50 މެގަޕިކްސެލްގެ މައި ފަހަތު ކެމެރާއަކާއި 12އެމްޕީގެ އަލްޓްރާވައިޑް ސެންސަރަކާއި 10އެމްޕީގެ ޓެލެފޮޓޯ ސެންސަރެއް ހިމެނެ އެވެ. މި ދެ ފޯނުގައި ވެސް 12އެމްޕީގެ ސެލްފީ ކެމެރާއެއް ހިމެނެ އެވެ. ގެލެކްސީ އެސް24 އަލްޓްރާގެ ކުއަޑް ލެންސް ރިއަރ ކެމެރާ ސިސްޓަމްގައި 200އެމްޕީގެ މައި ސެންސަރާއި 12އެމްޕީގެ އަލްޓްރާވައިޑް ސެންސަރާއި 10އެމްޕީގެ ދެ ޓެލެފޮޓޯ ސެންސަރާއި 12އެމްޕީގެ ފްރަންޓް ކެމެރާއެއް ހިމެނެއެވެ.