ޓެކްސީ ޑްރައިވަރުން ޓެކްސީތަކުން ނަގާ ދަތުރުތަކުގެ ހަމައެއް ލަމައެއް ނެތްކަމަށް ބުނެ ދަތުރުކުރާ ބައެއް ފަރާތްތަކުން އެކަން އެމައްސަލަ ފެންމަތިކޮށްފިއެވެ. 2022 ވަނަ އަހަރު ސަރުކާރުންވަނީ ޓެކްސީތަކުގެ ދަތުރުތަކުގެ އަގު ބޮޑުކޮށްދީފައެވެ. އެއީ އޭރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެގެން ދިއުމުން ޑްރައިވަރުން އިހުތިޖާޖު ކުރަން ފެށުމުންނެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެމިނިސްޓްރީގެ ސަމާލުކަމަށްވެސް މިކަން އައިސްފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން މިކަން ޙައްލުކުރުމަށް ރިޕޯޓުކުރެވޭނެ ނިޒާމެއް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. އަދި މިހާހިސާބަށް ޓެކްސީދަތުރުގެ އަގަށް ބަދަލުގެނައުމަށް އެމިނިސްޓްރީން ނިންމާފައި ނުވާނެ ކަމަށެވެ.
މިހާ ހިސާބުން އުފެދޭ ސުވާލަކީ މިފަދަ ކަންކަން ކުރާމީހުންނާމެދު ފިޔަވަޅު އެޅޭނޭގޮތެއް މިޤައުމުގެ ޤާނޫނީ ނިޒާމުގައި ނެތީބާއެވެ. މިއީ ގިނަ ރައްޔިތުން މިއަދު އުފައްދާ ސުވާލެކެވެ.
އެންމެފަހުން ނެރެފައިވާ ޓެކްސީގެ އަގުތައް
- އެތެރޭގެ ދަތުރުތައް މާލެ، ހުޅުމާލެ 30 ރުފިޔާ
- ހުޅުމާލެ ފޭސް 1 ން މާލެއަށް 85 ރުފިޔާ
- ހުޅުމާލެ ފޭސް 2 ން މާލެއަށް 100 ރުފިޔާ
- އެއަރޕޯޓުން މާލެއަށް 70 ރުފިޔާ
- އެއަރޕޯޓުން ހުޅުމާލެ ފޭސް 1 ށް 80 ރުފިޔާ
- އެއަރޕޯޓުން ހުޅުމާލެ ފޭސް 2 ށް 85 ރުފިޔާ
- ހުޅުމާލެ ފޭސް 1 ން ހުޅުމާލެ ފޭސް 2 ށް 40 ރުފިޔާ