މި ސަރުކާރުގެ އެންމެ އުންމީދީ މަޝްރޫއު، ރަސްމާލެ’ ޕްރޮޖެކްޓްގެ ކޮރަޕްޝަން މައްސަލައެއް އޭސީސީއިން ބަލަން ފަށައިފިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިމައްސަލަ ބަލަމުންދާކަމަށް ވަނީ ނޫސްވެރިންނަށް ކަށަވަރު ކޮށްދީފައެވެ. އަދި މި މައްސަލައަކީ ރަސްމާލެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި ކޮރަޕްޝަންއަށް މަގުފަހިވާފަދަ އަމަލުތަކެއް ހިންގާފައިވާކަމުގެ ތުހުމަތުގައި ތަހުގީގު ކުރެވޭ މައްސަލައެކެވެ.
އިދިކޮޅުފަރާތްތަކުން ބުނަނީ ސިލޯނުގެ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އަށް 70 ހެކްޓަރުގެ ބިމެއް ދިނުމަށް މިސަރުކާރުން ދިނުމަށް ނިންމާފައިވަނީ ބިންހިއްކުމުގެ އަގުގެ ބަދަލެއްގެ ގޮތުގައެެވެ. އިދިކޮޅުން ލަފާކުރާ ގޮތުގައި މި ޑީލް އާއި އެހެނިހެން ތުހުމަތު ކުރެވޭ ގަވާއިދާ ހިލާފު ކަންތައްތައް ހިމެނޭގޮތައް ކަރަޕްޝަންގެ އަދަދު 4.5 ބިލިއަން ޑޮލަރަށް އަރާނެކަމަށެވެ. އިދިކޮޅުގެ ދައުވާއަކީ “ރަސްމާލެ’ އަށް ސަރުކާރުން ބޮޑު ޙަރަދެއް ކުރުމުގެ ބަދަލުގައި، އެ ފައިސާ ގުޅީފަޅު އަދި ގިރާވަރުފަޅުގައި މިހާރު ހިންގާ މަޝްރޫއުތައް ނިންމުން މާފައިދާ ބޮޑުކަމަށެވެ.
ރަސްމާޅެގޮތުގައި ތަރައްގީކުރާ ފުށި ދިއްގަރު ފަޅުން ޖުމްލަ 1،153 ހެކްޓަރުގެ ބިން ހިއްކައި، ގޯތި އަދި އެޕާޓްމަންޓް ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓް އަޅަން މި ސަރުކާރުން ނިންމާފައިވެވެ.