މައިކްރޮސޮފްޓް ޓީމްސް، މައިކްރޮސޮފްޓް އޮފީސް ޕެކޭޖުގެ ބޭރުން ވަކި އެޕްލިކޭޝަނެއް ގޮތުގައި ވިއްކަން ފަށައިފި އެވެ..
މައިކްރޮސޮފްޓް އޮފީސް ޕެކޭޖްގައި ޓީމްސް ހިމަނައިގެން ވިއްކުމަކީ މައިކްރޮސޮފްޓަށް ވަރަށް ބޮޑު ފައިދާއަކަށް ވާނެ ކަމެއް ކަމަށް ގިން މީހުން ބުނިކަމުގައިވިޔަސް މައިކްރޯސޮފްޓުން މިކަން ގަބޫލެއް ނުކުރެއެވެ. ޓީމްސްއާއި އެއްކޮށް މައިކްރޯސޮފްޓް ދެމުންގެންދާތާ ދޮޅުއަހަރެއްހައި ދުވަސް ފަހުން މިހާރު ޓީމްސް މިވަނީ މައިކްރޯސޮފްޓް އޮފީހުން ބޭރުކޮށް އެކަން އާއއްމުކޮށްފައެވެ. މީގެ މާނަ އަކީ މައިކްރޮސޮފްޓް އޮފީސްގެ ހިދުމަތާ އެކު މިހާރު ޓީމްސް ނުލިބޭނެ ކަމެވެ. އަދި ޓީމްސްއާ އެކު އޮފީސް ޕެކޭޖްގައި ހިމެނޭ އެހެން އެއްވެސް އެޕްލިކޭޝަނެއް ވެސް ނުލިބޭނެ ކަމެވެ.
މައިކްރޮސޮފްޓުން މީގެކުރިން ޓީމްސް އިން ފައިދާ ހޯދަމުން އައީ އެ ކުންފުނިން ވިއްކާ އެހެން އެޕްލިކޭޝަންތަކުގެ ނިވަލުގައެވެ. މިއީ ވިޔަފާރީގައި ކޮންމެ ކޮންމެ ކުންފުންޏަކަށް ލިބެން ނެތް ފައިދާ އެކެވެ. މިހެން ކަން އޮތުމުން ދުނިޔޭގެ ކޮންމެވެސް ގައުމެއްގައި މައިކްރޮސޮފްޓަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް މިބަދަލު ގެނައީ އެވެ.