މިލިއުން ޝެއަރ ކުރައްވާ

ޔޫރަޕްގެ ވަރުގަދަ ލީގުތަކުގެ ވާދަވެރިކަން އިންތިހާއަށް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

އުރީދޫ ނޭޝަންގެ އެޓޯލް އީސްޕޯޓްސް ލީގުގައި ބައިވެރިވާން ހުޅުވާލައިފި

އައްޑޫގައި ބާއްވާ އުރީދޫ ފަންރަންގައި ރަޖިސްޓާވާން ހުޅުވާލައިފި

“އީދު ބައިބަލާ ޗެލެންޖް 1446” ގެ ޑިޖިޓަލް ޕާރޓްނަރަކަށް ދިރާގު

ރާއްޖެއާއި ލިވަޕޫލްގެ ޕާޓްނާޝިޕް އިނގިރޭސިވިލާތުގައި އިޝްތިހާރުކުރަނީ

ޔޫރަޕްގެ އެންމެ މަޝްހޫރު ފުޓްބޯޅަ ލީގުތައް ސީޒަންގެ ފަހު ސްޓްރެޗަށް ކުރިމަތިލާއިރު، މުޅި ޔޫރަޕްގައި ފޯރިޔާއި ވާދަވެރިކަންވަނީ ވަރަށް ބޮޑުވެފައެވެ. ޑޮމިނޭންސް ހޯދުމަށް ވަރުގަދަ ހަނގުރާމަތަކެއް ކުރިއަށްދާއިރު، ސަޕްރައިޒް ވާދަވެރިންނާއި އާންމުކޮށް ބާރުގަދަ ޓީމްތަކުން ކުރިހޯދުމަށް ކުރާ މަސައްކްތް ވަރަށް ވާދަވެރިއެވެ.

ލަލީގާ: އަބަދުވެސް އެންމެ ބޮޑޫ ދެވާދަވެރިން ބޮޑު ހަގުރާމައެއްގައި

ސްޕެއިންގެ ލަލީގާގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ މެދުގައި އަބަދުމެ އިންނަ ވާދަވެރިކަން ވަނީ މިއަހަރު އަދި އެހެން ލެވަލެއްގައެވެ. ރިއާލްމެޑްރިޑް (67 ޕޮއިންޓް) މިވަގުތު އޮތީ ދެވަނައިގައެވެ. އެ ޓީމުގެ ހިތްގައިމު ޕާސިން ސްޓައިލާއި ރޮބަޓް ލެވަންޑޯސްކީގެ ލަނޑު ޖެހުމުގެ ކުޅަދާނަކަން ސަބަބަކީ ތާވަލްގެ ދެވަންިގައި މިވަގުތު އޮތް ނަމަވެސް ކްލިނިކަލް ކައުންޓަރ އެޓޭކްތަކާއި ކަރީމް ބެންޒެމާގެ މޮޅު ކުޅުމާއެކު ރެއާލް މެޑްރިޑް (75 ޕޮއިންޓް) އިން ތާވަލުގެ އެއްވަނައިގައި އޮތް ނަމަވެސް މިއީ ހަމަ މާދަމާވެސް ބަދަލުވެދާނަ ވަނައެކެވެ.

ޕްރިމިއާ ލީގު: އާސެނަލް ކުރީގައި، ސިޓީ ފަހަތުން ޖައްސާފަ

ޕްރިމިއާ ލީގުގައި ދަނީ ކުރިޔާހިލާފަށް މިފަހަރު ބޮޑު ބަދަލެއް އަންނަން ފުރުސަތު އޮތްތަން ފެނިގެންދެއެވެ. އާސަނަލްއާއި ގުޅުނު ޒުވާން އައު ލެޔާއި އެޓޭކިންގެ ކުޅަދާނަކަމާއެކު އާސެނަލް (68 ޕޮއިންޓް) އިން ވަނީ ތާވަލުގެ އެއްވަނަ ހޯދައިފަ އެވެ. ޑިފެންޑިން ޗެމްޕިއަން މެންޗެސްޓާ ސިޓީ (67 ޕޮއިންޓް)، އެ ޓީމުގެ ކުޅަދާނަ ކުޅުންތެރިޔާގެ އެރްލިންގް ހާލަންޑްގެ ލާމަސީލު ހުނަރުވެރިކަމުގެ ސަބަބުން މިވަގުތު 3ވަނައިގައި އޮތްނަމަވެސް ހަމަ ދެންމެދެންމެ ކުރިހޯދަފާނެ ހެން ހީވެއެވެ. ދެވަނައިގައި އުޅެނީ ލިވަރޕޫލެވެ.

ސެރީއާ: ނަޕޯލީގެ ޑޮމިނޭންސް އަށް މިލާން ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ

އިޓަލީގެ ސެރީއާގައި އިންޓަރމިލާން ތަށި އުފުލާލެވޭނެ ކަމަށް ބެލެވެ އެވެ. އެޓީމުގެ އާދަޔާހިލާފް  ސްޓައިލުން މިސީޒަންގައި ފާހަގަކޮށްލެވޭ ބޮޑު ލީޑެއް (79 ޕޮއިންޓް) ވަނީ ހޯދާފައެވެ. ނަމަވެސް އޭސީ މިލާން (65 ޕޮއިންޓް) ގައި ތާވަލްގެ ދެވަނައިގައިވާދަވެރި ކުޅުމެއް ދައްކަމުން އެބަދެއެވެ.

ފްރެންޗް ލީގުގައި ޕީއެސްޖީ ލީޑު ނަގައިފި،

ޕެރިސް ސެއިންޓް ޖާމައިން ލީގު 1 ގެ އެއްވަނައިގައި އޮތް މަގާމު ދަނީ ދަމަހައްޓަމުންނެވެ. އެމްބާޕޭ އާއި ނޭމާ ފަދަ ތަރިންނާއެކު އެޓީމުގެ ފަޔަރޕަވަރ ވަނީ ދައްކާލާފަ އެވެ.62 ޕޮއިންޓާއި އެކު އެންމެ ކުރީގައި ޕީއެސްޖީ އޮތް އިރު، ބްރެސްޓް ދެވަނަިގައި އަދި ތިންވަނައިގައި އޭއެސް މޮނާކޯ، ދަނީ ވާދަވެރި ކުޅުމެއް ދައްކަމުންނެވެ.

ބުންޑެސްލީގާ: ބަޔާން އަށް ޗެލެންޖް ދެމުންދަނީ ސަޕްރައިޒް ޓީމެއް

ޖަރުމަނުގެ ބުންޑެސްލީގާއިން ފެނިގެންދަނީ ހީވެސް ނުކުރާފަދަ ޓްވިސްޓެކެވެ. ގަދީމީ ޗެމްޕިއަން ބަޔާން މިއުނިކް (60 ޕޮއިންޓް) އަށް ކުރިމަތިވެފައި ވަނީ ލެވަރކޫސަންގެ ވަރުގަދަކުޅުމެވެ. ލިވަކޫސަން މިވަގުތު އޮތި (73 ޕޮއިންޓް) ތާވަލުގެ އެއްވަނައިގައެވެ.

ސީޒަން ނިމުމަކަށް އަންނައިރު، ޗެމްޕިއަންކަމުގެ ހޯދުމުގެ ރޫހާއި އެކު ގިނަ ޓީމްތަކެއް މަސައްކަތްކުރަމުންދާއިރު މިސީޒަންވެސް ނިމިގެންދާނީ އިންތިހާއަށް ފޯރިގަދަ ސީޒަނއެއްގޮތުގައެވެ.  ޔޫރަޕްގެ ފުޓްބޯޅަ އެލައިޓްތަކުން ތަށިކާމިޔާބުކު ކުރަން ކުރާ މަސައްކަތުގެ ނަތީޖާ އަށް އިންތިޒާރު ކުރައްވާށެވެ.