ޕަރސަނަލް ފައިނޭންސިންގ އަށް އޮންލައިންކޮށް ހުށަހެޅުމުން ވަގުތުން އެޕްރޫވަލް ލިބި ނަގުދު ފައިސާ ލިބޭގޮތަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިސްލާމިކުން ބުނެފިއެވެ. މިއީ ބޭންކުގެ ކަސްޓަމަރުންނަށް ފަސޭހކުރުމުގެ ގޮތުން ގެނެވުނު ބަދެލެކެވެ. ބޭންކްގެ އެޕްލިކޭޝަން އިންނާ އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ފެންނަ ކްރެޑިޓްލިމިޓާހަމައަށް ފައިނޭންސިންގ އަށް އެދި ހުށަހެޅި 4 ގަޑިއިރުތެރޭ ޚިދުމަތްލިބޭނެއެވެ.
ވަގުތުން އެޕްރޫވް ކުރަނީ އަހަރުދުވަހުގެ މުސާރަޖަމާކޮށް ހިސްޓްރީ ރަނގަޅު ފަރާތްތަކަށެވެ. މިގޮތަށް ނަގުދު ފައިސާ އަދި މުދާހޯދުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ.