ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރުގެ މަގާމު ފުރުއްވާފައިވާ ޑރ. މުހައްމަދު ޝަފީގު، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް އައްޔަނުކޮށްފި އެވެ.
އަވަސްއަށް އެނގިފައިވާ ގޮތުގައި ޝަފީގު ސީއީއޯގެ މަގާމަށް އައްޔަންކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. އަދި އޭނާ ގެންދަވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުންނެވެ.
ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ބޯޑަށްވެސް ޝަފީގު އައްޔަން ކުރެއްވި ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން މިދިޔަ ޑިސެމްބަރު ފަހު ހަފްތާގެ ތެރޭގައި ހާމަކޮށްފައިވެ އެވެ.
ފިނޭންސް މިނިސްޓަރުގެ މަގާމުން ޝަފީގުން އިސްތިއުފާ ދެއްވީ މިދިޔަ ސެޕްޓެމްބަރު 31 ވަނަ ދުވަހު އެވެ.
އިސްތިއުފާ ދެއްވި ސަބަބެއް މިއަދާ ހަމައަށްވެސް ހާމައެއް ނުކުރައްވަ އެވެ.