މިލިއުން ޝެއަރ ކުރައްވާ

ދިރާގު – ހުރިހާ ރަށަކަށް ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑް ޚިދުމަތް ދީފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ދިރާގުގެ ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑް ޚިދުމަތް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފޯރުކޮށްދީފިއެވެ.

ދިރާގުން އެކަން އިއުލާނުކުރީ ބޭއްވި ނޫސްވެރިންގެ ޚާއްސަ ބައްދަލުވުމެއްގައެވެ. މިއީ ދިވެހި މުވާސަލާތީ ސިނާއަތަށް ލިބުނު ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ކުންފުނިން ވަނީ ސިފަކޮށްފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ފައިބާ ޚިދުމަތް 100 އިންސައްތަ އާބާދީއަށް ފޮރުކޮށްދީފައިވަނީ މަދު ގައުމެއްގައެވެ.

ބްރޯޑްބޭންޑަކީ ގައުމެއްގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީގެ ކުރިއެރުމަށް އިތުރު ހަލުވިކަމެއް ގެނެސްދޭނޭކަމެއް ކަމަށާއި ދުނިޔޭގެ ގިނަ ގައުމުތަކުގެ ތަރައްގީގެ ޕްލޭންގައި ބްރޯޑްބޭންޑްގެ ޚިދުމަތް ފުޅާކުރުމަށް މުހިންމު ކަމެއްގެ ގޮތުގައި ހިމަނާފައިވުމަކީ މީގެ ވަރަށް ބޮޑު ހެއްކެއްކަން ދިރާގުން ވަނީ ފާހަގަކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ، ދިރާގު ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑް ޚިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ފުރަތަމަ ފަހަރަށް ފޯރުކޮށްދިނުމުގެ ޝަރަފު ލިބުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އެހެންވެ، އިސްމާއިލް ރަޝީދު ވަނީ ހުރިހާ ރަށެއްގައި ދިރާގުގެ ޚިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް މަރުހަބާއާއި ޝުކުރު ދަންނަވާފައެވެ.

އޭނާ ވިދާޅުވީ، ހައިސްޕީޑް ބްރޯޑްބޭންޑަކީ ޑިޖިޓަލް ޚިދުމަތްތައް ރައްޔިތުންނާ ހަމައަށް ވާސިލުކޮށްދޭން ބޭނުންވާ މުހިންމު ވަސީލަތެއް ކަމަށެވެ. ދިރާގުން މި ހާސިލުކުރި ކާމިޔާބާ އެކު، ރާއްޖޭގެ ޑިޖިޓަލް ވިއުގަ ހަރުދަނާވެ، ޑިޖިޓަލް ތަރައްގީގެ ދުވެލި އިތުރު ހަރުފަތަކަށް ގެންދަން މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ދިރާގުގެ ޚިދުމަތްތައް ރާއްޖޭގެ އެންމެންނަށް އެއް ފެންވަރެއްގައި ފޯރުކޮށްދޭން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، މި ފަދަ ބޮޑު މަޝްރޫއެއް ނިންމައިލާ، ދިރާގުގެ ‘ޑިޖިޓަލް ރާއްޖޭ’ގެ ތަސައްވަރު ހަގީގަތަކަށް ހެދުމުގައި ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ އިދާރާތަކުންނާއި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކުން ދިރާގަށް ދެއްވަމުންގެންދަވާ އެއްބާރުލުން ފާހަގަކޮށް، ޕާޓްނަރުންނާއި މި މަސައްކަތުގައި އަމަލީގޮތުން ބައިވެރިވި ހުރިހާ މުވައްޒަފުންނަށް ވެސް ވަނީ ޝުކުރު އަދާކޮށްފައެވެ.

ދިރާގަކީ މިހާރު ދިވެހިރާއްޖޭގައި އެންމެ ހަލުވި އަދި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ.

ދިރާގުގެ ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުޅާވެގެންދިއުމުގެ ސަބަބުން އެންމެ އުތުރާއި ދެކުނުގެ ކުދި ބޮޑު ހުރިހާ މުޖުތަމައުތަކަށް ވެސް ޑިޖިޓަލް އެކްސެސް އިތުރުވެ، ޑިޖިޓަލް އިގުތިސާދެއްގައި ކުރިއެރުމަށް މަގުފަހިވެގެންދާނެކަން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި ހަރަކާތްތެރިވަމުން އަންނަ ދިރާގަކީ އިނޮވޭޝަންގެ ޒަރިއްޔާއިން ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް އެންމެ އިސް ސަފުގައި މަސައްކަތްކުރާ ކުންފުންޏެއް ކަމަށާއި ވޭތިވެދިޔަ 36 އަހަރު ތެރޭގައި ދިރާގުން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތައް ބާރުވެރިކުރުވުމަށާއި އެ ފަރާތްތަކަށް އިތުބާރު ހުރި އަދި ޒަމާނީ ޑިޖިޓަލް ހައްލުތައް ފޯރުކޮށްދެމުންކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.