މިލިއުން ޝެއަރ ކުރައްވާ

އީޓުކުރި އިންޓަނޭޝަނަލްގެ ބޮޑު ޕްރޮމޯޝަނެއް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

ޓީއެމްއޭގެ މުވައްޒަފުންގެ މުސާރަ ރުފިޔާއިން ދެނީ

ޕްލާސްޓިކް ކޮތަޅު އިމްޕޯޓްކުރާ މިންވަރު ދަށަށް

ކޮންމެ ހަފްތާއަކު 10،000 ރުފިޔާ ހޯދުމުގެ ފުރުސަތު

ދިވެހިރާއްޖޭގައި ޕޯސްޓްގެ ޚިދުމަތް ދޭ ކުންފުނި މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން އީޓުކުރި އިންޓަރނޭޝަނަލް ޚިދުމަތުގެ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިޕްރޮމޯޝަނަކީ އާ އަހަރާ ދިމާކޮށް އެމެރިކާގެ އޮންލައިން ފިހާރަތަކުގައި ބޮޑެތި ޑިސްކައުންޓްތައް ލިބޭ ސޭލްތައް ކުރިއަށް ދާތީ އެ ސޭލްތަކުގެ ފުރިހަމަ ފައިދާ ދިވެހިންނަށް ހޯދޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ފެށި ޕްރޮމޯޝަނެއް ކަމަށެވެ.

އެ ޕްރޮމޯޝަނުގައި އީޓުކުރި އިންޓަނޭޝަނަލް މެދުވެރިކޮށް ގެންނަ މުދަލުގެ ބަރުދަނުން ނަގާ ޗާޖުން 25 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ.

މިޕްރޮމޯޝަނަކީ މިމަހުގެ ނިޔަލަށް ކުރިއަށް ގެންދެވޭ ޕްރޮމޯޝަނެކެވެ. މިޕްރޮމޯޝަންގައި ޑިސްކައުންޓް ހޯދުމަށް “ETUKURI25OFF” ޕްރޮމޯޝަން ކޯޑް ބޭނުންކުރަން ޖެހޭނެ އެވެ.

އީޓުކުރި އިންޓަނޭޝަލް މެދުވެރިކޮށް ގިނަ ތަކެތި ގެންނަ ކަސްޓަމަރުންނަށް އެ ތަކެތި އެއް ޝިޕްމެންޓަކަށް އެއްކޮށްލުމުން ޝިޕިން ހަރަދު އިތުރަށް ކުޑަކުރެވޭނެ އެވެ. އީޓުކުރި އިންޓަނޭޝަނަލް މެދުވެރިކޮށް ޝިޕްކުރާ ތަކެތި ފަސޭހައިން ޓުރެކްރެވޭނެ އެވެ. އަދި އެ ތަކެތި ރަށްރަށަށް ޑެލިވާވެސް ކޮށްދެ އެވެ.

ޕޯސްޓް އޮފީހުން ފާހަގަ ކުރައްވާ ގޮތުގައި މިޕްރޮމޯޝަންގެ އެހީގައި ފެންވަރު ރަނގަޅު ބޭރުގެ ބްރޭންޑުތައް ހޯދަން އިތުރު ފުރުސަތު ލިބިގެންދާނެކަމުގައެވެ.