މާލީވުޒާރާގެ ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާގޮތުން އޭޕްރީލް 18 ވަނަ ދުވަހުގެ ނިޔަލަށް 921.2 މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ. މިދިޔައަހަރުގެ މިމުއްދަތުގައި ޚަރަދުކުރީ 822.6 މިލިއަން ރުފިޔާ އެވެ.
ލޯނުދެއްކުމާއެކު މިއަހަރު މިހާތަނަށް 12.7 ބިލިއަން ވަނީ ޚަރަދުކޮށްފައެވެ. މިދިޔައަހަރު ޚަރަދުކޮށްފައިވަނީ 15.1 ބިލިއަން ރުފިޔާއެވެ. މުސާރައާއި ޢިނާޔަތަށް 3.2 ބިލިއަން އިދާރީ ހިންގުމުގެ ޚަރަދަށް 5.7 ބިލިއަން ރުފިޔާ އަދި ބަދަލުގެ ގޮތުގައި 107.4 މިލިއަން ވަނީ ޚަރަދުކޮށްފައެެވެ.
ޕީއެސްއައިޕީ އަށް 1.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ އިރު އާމްދަނީގެ ގޮތުގައި 10.5 ބިލިއަން ލިބިފައިވެއެވެ.