މިލިއުން ޝެއަރ ކުރައްވާ

ރާއްޖޭގެ ތިން ސަރަހައްދެއްގައި ކްރޫޒުލައިނާތަކަށް ހާއްސަ ބަނދަރުތަކެއް ތަރައްގީކުރަނީ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ކްރޫޒް ލައިނާތަކަށް ޚާއްސަ ބަނދަރުތަކެއް ރާއްޖޭގެ ތިން ސަރަޙައްދެއްގައި ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަން ކަމުގައި މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވިގޮތުގައި މިދިޔައަހަރާއި މިއަހަރުގެ މިހާތަނަށް 600 އަށްވުރެ ގިނަ ފަތުރުވެރިން ކްރޫޒް ލައިނަރ ތަކުން އައިސްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން ހަދާފައި އޮތް ގަވައިދެއްގެ ސަބަބުން ކުރޫޒުލައިނާ ތަކަށް ރާއްޖެ އައުމުގައި ދަތިތަކެއް ހުރި ކަމަށާއި ނަމަވެސް އެ ދަތިތަކަށް މި ސަރުކާރުން ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެ އަންނަ ކްރޫޒުލައިނާތައް އިތުރުކުރުމަށް ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒުލައިނާތަކަށް ހާއްސަ ބަނދަރުތަކެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖެއަށް މި ދުވަސްވަރު އަންނަ ކްރޫޒުލައިނާތައް އިތުރުވެފައިވާއިރު މޯލްޑިވްސް އެސޯސިއޭޝަން ފޯ ޔޮޓް އޭޖެންޓްސް، މާޔާއިން ބުނެފައިވާގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސީޒަން ނިމުމުގެ ކުރިން އިތުރު 12 ކްރޫޒް ލައިނާއެއް ރާއްޖެ އައުމަށް ވަނީ ތާވަލުކޮށްފައެވެ.