މިލިއުން ޝެއަރ ކުރައްވާ

ސައުދީ އަރަމަކޯއިން ތެޔޮއުފައްދާ މިންވަރު އިތުރު ނުކުރަން ނިންމައިފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

އުރީދޫ ނޭޝަންގެ އެޓޯލް އީސްޕޯޓްސް ލީގުގައި ބައިވެރިވާން ހުޅުވާލައިފި

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

ސައުދީގެ ޤައުމީ ތެޔޮ ކޮންފުނި، އަރަމަކޯއިން ތެޔޮ އުފައްދާމިންވަރު އިތުރުކުރުމަށް ނިންމާފައިވާ ނިންމުން މަޑުޖައްސާލަން ނިމައިފިއެވެ. އަރަމަކޯ އިން މީގެ ކުރިން ނިންމާފައިވަނީ 2027 އާއި ހަމައަށް ދުވާލަކު 13 މިލިއަން ފީފާގެ ތެޔޮ އުފެއްދުމަށެވެ. އުފެއްދުންތެރިކަން އިތުރުނުކުރާން ނިންމި ވަކި ސަބަބެއް އެކުންފުނިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިފަދަ ނިންމުމެއް ނިންމާނީ ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަމުންދާ ބަދަލާއި ގުޅިގެން އެކުންފުނިން ނިންމި ނިންމުމެއްކަމުގައި ބެލެވެއެވެ.

މިނިންމުމުގެ ފަހަތުގައި ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާންގެ ތަރައްގީގެ މަޝްރޫތަކަށް އިސްކަންދިނުމަށް ކޮށާލި މަގެއް ކަމަށްވެސް ބެލެވެއެވެ. އަދި އެހެނިހެން ހަކަތައުފައްދާ ބާވަތްތައް ކަމުގައިވާ ނެޗުރަލް ގޭސް އަދި ހައިޑްރިޖަންއަށް އިންވެސްޓްކުރުން ހިމެނިގެން ދާނެކަމަށްވެސް ބެލެވެއެވެ.

މެދުއިރުމަތީގެ މަޝްރަހު ގޯސްވެފައިވާ މިފަދަ ދަނޑިވަޅެއްގައި މިނިންމުގެ ސަބަބުން އިތުރުހާސްކަމެއް ކުރިމަތިލާން ޖެހިދާނެކަމުގެ ބިރުހީވިއަސް ވަގުތުން ވަގުތައް ތެޔޮ އުފެއްދުން މަދުކުރަން ނިންމާފައި ނުވާކަން ފާހަގަ ކޮށލަން ޖެހެއެވެ. މިވަގުތު ސައުދީ ތެޔޮއުފެއްދުން މަދުކޮށްފައި ވަނީ އޯޕެކް ޕްލަސް ގްރޫޕްއިން ތެލުގެ އަގު ހިފަހެޓުމަށް އަޅާފައިވާ ފިޔަވަޅެކެވެ.

މިވަގުތު ތެޔޮއުފއްދާ ގައުމުތަކުން ދުވާލަކު އުފައްދަނީ 80.62 މިލިއަން ފީފާ ތެލެވެ. އަދި 2022 ވަނައަހަރު އުފައްދާފައި ވަނީ ދުވާލަކު 93.9 މިލިއަން ބެރަލްއެވެ. 2 ފެބްރުއަރީ 2024ގައި ތެޔޮފީފާއެއްގެ އަގުހުރީ ސާފުނުކުރާ ކުރުޑް އޮއިލް ފީފާއެއް 78 ޑޮލަރަށެވެ.