ސަރުކާރުން ކުރިއަށްގެންދާ ތިލަފުށި ޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ ރާއްޖޭގެ ބަނދަރު ޚިދުމަތްތަކަށް އައު އުއްމީދެއް ގެނެސްދޭނެ މަޝްރޫޢުއެއްކަމަށް ކަމުގައި އެމްޕީއެލް އިން ވިދާޅުވެއްޖެއެވެ.. މި މަޝްރޫޢުގެ ސަބަބުން މިހާރު ހުރި ގިނަ މައްސަލަތަކަށް ހައްލު ލިބި، ވިޔަފާރިވެރިންނަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އެކުންފުނިން ހާމަކުރެއެވެ. .
ސަންގު ޓީވީގެ ފުރަމެންދުރު ޕްރޮގްރާމުގައި ހާމަކުރި ގޮތުގައި، މި މަޝްރޫޢުގެ ދަށުން 60 ހެކްޓަރުގެ ބިމެއް ތިލަފުށިން ހަމަޖެހި، 50 އަހަރުގެ މާސްޓަރ ޕްލޭނެއް ވަނީ އެކުލަވާލާފައެވެ. މިހާރު އެމްޓީސީސީއާ ހަވާލުކޮށްގެން އެމްޓީ ކޮންޓެއިނަރ ޑީޕޯއެއް ހަދަމުންދާއިރު، އިންޓަގްރޭޓެޑް ލޮޖިސްޓިކްސް ޓަރމިނަލްއެއް އަދި ބަލްކް ޓަރމިނަލްއެއް އެޅުމަށްވެސް ވަނީ ރޭވިފައެވެ.
އެންމެ ފަހުގެ އަޕްޑޭޓެއްގެ ގޮތުގައި، އެމްޓީ ކޮންޓެއިނަރ ޑީޕޯ ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އެކުންފުނިން .ލަފާކުރެވެއެވެ.
މި މަޝްރޫޢުގެ ސަބަބުން ބަނދަރުގެ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ. މާސްޓަރ ޕްލޭންގައިވާ ގޮތުން މިއީ ސްޓޭޓް އޮފް ދި އާޓް ޕްރޮޖެކްޓެއް ކަމަށާއި، އެންމެ ފަހުގެ އިކުއިޕްމަންޓް ބޭނުންކުރެވޭނެކަމަށް ބުނެވެއެވެ. މީގެ ސަބަބުން މާލޭގެ އިންޓަރނަލް ކޮންޖެސްޝަންއަށް ލުއިވެގެންދާނެއެވެ. އަދި ޕެރިޝަބަލް ކާގޯއަށް ވަކި ޓަރމިނަލްއެއް ޤާއިމުކުރެވި، މެރިޓައިމް އަދި ޕޯޓް ސެކްޓަރއަށް ފުލް ސޮލިއުޝަނެއް މިބަނދަރު ގެ ސަބަބުން ލިބިގެންދާނެއެވެ.
ފުރަތަމަ ފިޔަވަހީގައި 375 މީޓަރުގެ ކީވޯލްއެއް ޖަހާ މިހާރުގެ ކްންޓެއިނަރ ކްލިއަރ ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން 5 ދުވަހުން ކްލިއަރ ކުރެވޭ ކޮންޓެއިނަރ ބޯޓު 48 ގަޑިއިރަށް ބަދަލުކުރެވޭނެއެވެ. މީގެ އިތުރުން، ކޮންޓެއިނަރ ހުސްކުރުމަށް 2 ކްރޭން އަދި ކޮންޓެއިނަރ ސްކޭނަރ ބެހެއްޓޭނެކަމަށް ބުނެވެއެވެ. މިކަމުގެ ސަބަބުން ކޮންޓެއިނަރ ބޯޓަށް ޑިޕެންޑްނުވެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.
އެމްޕީއެލްގެ މި މަޝްރޫޢުގެ ސަބަބުން އިޤްތިޞާދަށް ފައިދާކުރާނެކަމަށް ބެލެވެއެވެ. ވިޔަފާރިތަކަށް ލޮޖިސްޓިކްސް ކޯސްޓް ކުޑަވެ، ވިޔަފާރިވެރިންނަށް ބޮޑުލުޔެއް ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ް ވިދާޅުވި ގޮތުގައި، “ތިލަފުށި ޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ ރާއްޖޭގެ އިޤްތިޞާދަށް އައު ހަކަތައެއް ގެނެސްދޭނެ މުހިންމު މަޝްރޫޢުއެކެވެ. މިކަމުގެ ސަބަބުން މާލޭގެ އޮޕަރޭޝަންތައް އެއްކޮށް ބަދަލުކުރެވި، ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެއެވެ.”
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ވިދާޅުވި ގޮތުގައި، “މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ބަނދަރު ޚިދުމަތްތައް ބައިނަލްއަޤްވާމީ ފެންވަރަށް އަރައި، ރީޖަނަލް ހަބަކަށް ވުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ވަރަށް މުހިންމު ފިޔަވަޅެކެވެ.”
ވިޔަފާރިވެރިން މިމަޝްރޫޢު ސިފަކުރަނީ މުދާ އެތެރެކުރުމާއި ބޭރުކުރުމުގެ މަސައްކަތް ފަސޭހަވެ، ޚަރަދު ކުޑަވެގެންދާނެކަމަކަށް މިއީ ވިޔަފާރިތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެކެވެ.
ތިލަފުށި ޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމުން، ރާއްޖޭގެ ބަނދަރު ޚިދުމަތްތަކަށް އައު ސަފުހާއެއް ހުޅުވި، އިޤްތިޞާދީ ދުވެލި އިތުރުވެގެގެންދާނެކަމަށް ގިނަ ފަރާތްތަކުން އުއްމީދުކުރެއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ސަރުކާރުން ގާތުން ބަލަމުންދާ ކަމަށާއި، ކަނޑައެޅިފައިވާ މުއްދަތުގައި މަޝްރޫޢު ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށް ވަނީ ހާމަކޮށްފައެވެ.