މިލިއުން ޝެއަރ ކުރައްވާ

69.5 ޕަސެންޓް ޓޫރިސްޓުން ރިސޯޓުތަކަށް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 69.5 ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި 77،727 ފަތުރުވެރިންގެ ތެރެއިން 54،046 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ.

ގެސްޓްހައުސްތަކުގައި 19،599 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު އެއީ 25.2 ޕަސެންޓް ފަތުރުވެރިންނެވެ.

ހޮޓާތަކުގައި 2،044 ފަތުރުވެރިން އަދި ސަފާރީތަކުގައި 2،038 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 12.2 ޕަސެންޓް އިތުރުވެފަ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ރަޝިއާ – 12،054 ފަތުރުވެރިން
  • އިޓަލީ – 9،478 ފަތުރުވެރިން
  • އިނގިރޭސިވިލާތް – 6،282 ފަތުރުވެރިން
  • ޗައިނާ – 4،979 ފަތުރުވެރިން
  • ޖަރުމަނު – 4،904 ފަތުރުވެރިން
  • އިންޑިއާ – 3،596 ފަތުރުވެރިން
  • އެމެރިކާ – 2،536 ފަތުރުވެރިން
  • ފްރާންސް – 2،193 ފަތުރުވެރިން
  • ކަޒަކިސްތާން – 1،808 ފަތުރުވެރިން
  • ރޯމޭނިއާ – 1،733 ފަތުރުވެރިން

ފަތުރުވެރިކަމަށް މިވަގުތު ރާއްޖޭގައި 172 ރިސޯޓާއި 929 ގެސްޓްހައުސްގެ އިތުރުން 155 ސަފާރީ އަދި 15 ހޮޓާ ދަނީ ހިންގަމުންނެވެ.
މި ތަންތަނުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 63،248 އެވެ.