މިލިއުން ޝެއަރ ކުރައްވާ

ނަތީޖާ ބަދަލު ކުރެވޭނެބާ؟

އިޝްތިހާރު

އެޕަލްގެ ފުރަތަމަ ފަތްޖެހޭ ފޯނު, “އައިފޯން ޑުއޯ” ގެ އަގަކީ 1،999 ޑޮލަރު

އެކްސިޑެންޓެއް ހިނގައިފި، ތަހުގީގު ކުރަން ފަށައިފި” – މިހިސާބުން ނިންމާލެވޭކަށް ނެތް…

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

ފަހުގެ ތާރީހެއްގައި ރާއްޖޭގެ ބާޒާރުގައި ބޭރު ފައިސާގެ ރޭޓު ނުދާހިސާބަށް މައްޗަށް ގޮސް، ގައުމުގެ މާލީ ދާއިރާ ސަރުކާރުގެ ފާލުން ނެއްޓި، ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ހާލަތު ގޯސްވެއްޖެއެވެ. އިގްތިސާދީ ހީނަރުކަމުގެ އަސަރު އާންމުންގެ އަތްފޯރާ ހިސާބުން ބޭރަށް ދިއުމާއެކު، ސަރުކާރަށް ބާރުބޮޑުވެ، މީޑިއާތަކުގައި ޖަހާ ހެޑްލައިންތަކާއި ބްލެކް މާކެޓުގެ ހަގީގަތްތައް “ކުށްވެރި” ކުރަން ޖެހޭ ހިސާބަށް ކަންކަން ވަނީ ގޮސްފައެވެ. އަދި ބާޒާރުގެ ހަގީގީ ރޭޓަށް “އޭގެ” ނަން ކިޔުން މަނާކޮށް، ގޭންގުތަކާއި ފައިސާގެ ވަގުތީ ކޮންޓްރޯލް އޮތް ފަރާތްތަކުގެ މެދުގައި ބިރުވެރިކަމެއް ވަނީ އުފައްދާފައެވެ.

އެއްކޮޅުން ބޭންކުތަކުން ބޮޑެތި އަދަދުތަކުން ވިޔަފާރިތަކަށް ޑޮލަރު ދޫކުރާ ކަމަށް މީޑިއާތަކުގައި އިއުލާނު ކުރެއެވެ. ނަމަވެސް، ކުދި އަދި މެދު ފަންތީގެ އާންމު ވިޔަފާރިވެރިންގެ އަތަށް އެ ފައިސާ ނުލިބި، މުދާ އެތެރެކުރަން ޑޮލަރުކޮޅެއް ނުލިބިގެން ސުވާލު އުފައްދަން ފެށުމުން، ސަރުކާރުގެ “ރާގު” އެހެން ދިމާލަކަށް ބަދަލުކޮށްލައިފިއެވެ. އިގްތިސާދީ ނުހަމަކަމުގެ އިލްޒާމް މިހާރު އަޅުވަނީ ނުހިނގާ ވިޔަފާރިތަކުގެ ނަމުގައި، ނުވަތަ އެތެރެ ނުކުރާ މުދަލަށް ޓީޓީ (TT) ހަދައިގެން މަކަރާއި ހީލަތުން ގައުމުން ބޭރަށް ފައިސާ ފޮނުވާ ކަމަށް ބުނެ އަޑުފަތުރާ ބަޔަކު އަޑީގައި ތިބި ކަމަށެވެ.

މި މަންޒަރު ސިފަވަނީ ފުޓްބޯޅަ މެޗެއްގެ ފަހުކޮޅާ އެވެ. މެޗުގެ ފަހު މިނެޓުތަކަށް ދާއިރު، ބައިކޮޅަށް ލަނޑުތަކެއް ވަދެ، ނަތީޖާއިން ފަހަތުގައި އޮތް ޓީމު އަބަދުވެސް ބޮޑު ޕްރެޝަރަކަށް ވެއްޓެއެވެ. އެ ވަގުތު މެޗު ކާމިޔާބު ކުރުމަށްޓަކައި ކެރެވޭނެ ހުރިހާ އުކުޅެއް ބޭނުންކުރަން ފަށައެވެ. ޑިފެންސް ދޫކޮށްލައި، “އޯލް އައުޓް އެޓޭކަށް” އަރައި، ކަނާތާއި ވާއަތުން ހުރިހާ ބާރެއް ލާފައި ކުރިއަށް ޖައްސައެވެ. ބައެއް ފަހަރު މިފަދަ ނުރައްކާތެރި އުކުޅުތަކުން މެޗުގެ އެންމެ ފަހު ނޭވާގައި ނަތީޖާ އަނބުރާލައި، މޮޅުވެސް ވެއެވެ.

ނަމަވެސް، އޭގެ އަނެއްކޮޅުވެސް އޮތީއެވެ. ނޭވާ ހޮޅިއަށް އެޅޭ ވަގުތު ހާސްވެ، ތެޅިފޮޅިގަނެ، ޕްލޭނެއް ނެތި ކުރިއަށް އަރަން އުޅުމުގެ ތެރޭގައި މުޅި މެޗު އަތަށް ގޮއްވާލާ ފަހަރުވެސް މަދެއް ނޫނެވެ. ފަހަތް ހުސްކޮށްލައި ކުރިއަށް އަރާ އިރަށް، އިދިކޮޅުން ލިބޭ ރައްދު ހަމަލާއެއްގައި ބައިކޮޅަށް އިތުރު ލަނޑުތައް ވަދެ، ޓީމު މުޅިން އިނދަޖެހިގެން ދެއެވެ.

މިވަގުތު “ދިވެހީންގެ ރާއްޖޭން” ފެންނަނީ މެޗުގެ ފަހުކޮޅަށް ގޮސް، ރެފްރީގެ އެންމެ ފަހުގެ ކަށިގަނޑު ފުމެލަފާނެތީ، ކޮންމެވެސް ގޮތަކުން ނަތީޖާއަށް ބަދަލެއް ގެނެވޭތޯ ތެޅެމުންދާ މަންޒަރެވެ. މުޅި ސަރުކާރުން ނުކުމެ، އަތުކުރި އޮޅާލައި، ގައުމުގެ މާލީ ހާލަތު ހިފެހެއްޓޭތޯ ކުރަމުންދާ މަސައްކަތުގެ ހަގީގީ ނަތީޖާ ނުކުންނާނީ ކިހިނެއްބާއެވެ؟

ސިޔާސީ އުކުޅުތަކާއި މީޑިއާ ސްޓަންޓްތަކުގެ ތެރެއިން މުޅި އިގްތިސާދު އަތަށް ގޮއްވާނުލައިފިއްޔާ ކިތަންމެހައިވެސް ރަނގަޅެވެ. ރައްޔިތުންގެ ހަމައެކަނި އުންމީދަކީ، ތަކެތީގެ އަގުތައް ހަމައަގަށް ތިރިވެ، ބޭރު ފައިސާގެ ބާޒާރު ހަމަމަގަށް އެޅި، ގައުމުގެ ކަންކަން އަލުން އާދައިގެ އޮމާން ހިނގުމަކަށް ރުޖޫއަވުމެވެ.