މިލިއުން ޝެއަރ ކުރައްވާ

ރޯދަމަހު ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރަނީ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ދަރަނިތަކަށް 5.1 ބިލިއަން ހޭދަކުރުމާ އެކު، ބަޖެޓުގެ ބެލެންސް 1.3 ބިލިއަން އަރަނިކޮށްފި

ރާއްޖޭގައި ހައްދާ ތަރުކާރީ އާއި މޭވާގެ ބާވާތްތައް ރޯދަ މަހަށް އަގުބޮޑު ނުވާނެ ގޮތަށް، އަގު ކޮންޓްރޯލް ކުރަން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ނިންމައިފި އެވެ.
ކޮންމެ އަހަރެއްގެވެސް ރަމަޟާންމަސް ފާހަގަވެގެންދަނީ ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެންދާ މަހަކަށެވެ. ވިޔަފާރިވެރިން ބުނަމުންދަނީ އަގުތައް އުފުލިގެންދަނީ ޑިމާންޑާއި އެއްވަރަށް ތަކެތި ނުލިބޭތީކަމަށެވެ.
އަގު އުފުލޭ ބާވަތްތަކުގެ ތެރޭގައި ކަރާ، މިރުސް، ކެޔޮ، ކިޔުކަމްބާ، ލުނބޯ، ކާށި ފަދަ ބާވަތްތައް ހިމެނެ އެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ވިދާޅުވީ، ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލް ކުރެވޭނެ ގޮތްތަކެއް ހޯދުމަކީ އެ ވުޒާރާގެ މައްޗަށް ހަފްތާ14 މަގުޗާޓުގައި ކުރުމަށް ލާޒިމްކޮށްފައިވާކަމެއްކަމަށެވެ. އެކަމާއި ގުޅޭ މަސައްކަތްތައް މި ހަފްތާގެ ތެރޭގައި ފެށިގެންދާނެކަމަށް ވިދާޅުވިއެވެ.
މި މަސައްކަތުގެ ދަށުން ރަމަޟާންމަހު އާންމުކޮށް ކެއިންބުއިމުގައި ބޭނުންކުރާ ބާވަތްތަކާއި، އެތަކެތި ބޭނުންވާ މިންވަރު ދެނެގަންނާނެކަމަށް މިނިސްޓްރީގެ އޮފިޝަލް  ވިދާޅުވިއެވެ. އަދި މާކެޓަށް ނެރެވެން ހުރި މިންވަރު ބަލައި އިތުރަށް ބޭނުންވާ މިންވަރު ދެނެގަނެ މި އަހަރުގެ ރަމަޟާންމަހު މާކެޓްގެ އަގުތައް ކޮންޓްރޯލް ކުރާނެކަމަށްވިދާޅުވިއެވެ.

އެ މަސައްކަތް ކުރަމުން ދަނީ ދަނޑުވެރިކަމުގެ މިނިސްޓްރީ އާއި ލޯކަލް ގަވަމެންޓް މިނިސްޓްރީއާ ގުޅިގެންނެވެ.