މިލިއުން ޝެއަރ ކުރައްވާ

ޓެމޫ: ތަކެތީގެ އަގުހެޔޮކަމުގެ ކޮޅެއް ނެތް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އާޓިފިޝަލް އިންޓެލިޖެންސްގެ އިންގިލާބީ ކުރިއެރުންތަކާއެކު ދުނިޔޭގެ މަސައްކަތުގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް އަންނަނީ

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ޗައިނާގެ ކުންފުންޏެއްކަމަށްވާ ޓެމޫ އިން ދަނީ ދުނިޔޭގެ އީ-ކޮމާސް ދާއިރާގައި ވަރަށް އަވަހަށް ވަރަށް ބޮޑު ސަމާލުކަމެއް ހޯދައި، އީކޮމާސް ސިނާއަތު އުސޫލުތަކަށް ހަލަބޮލިކޮށް، ކޮޅެއް ނެތްހާ ހެޔޮއަގުގައި ތަކެތި ވިއްކަމުންނެވެ. ޔޫރަޕްއަދި ޔޫއެސްގައި އަގުހެޔޮ މޮޑެލް ސަމާލުކަންދޭ ކޮންސިއުމަރުންގެ މެދުގައި ޓެމޫ އަށް ލިބެމުން އަންނަ މަޤްބޫލްކަން އިތުރުވެފައިވާއިރު، ދިގު މުއްދަތުގެ ފައިދާއާއި، އުފެއްދުމުގެ ފެންވަރާއި، އީޕްލެޓްފޯމްތަކުގެ މާކެޓަށް ފުޅާ ދާއިރާއެއްގައި ކުރާ އަސަރާ ގުޅޭގޮތުން މިހާރުވަނީ ސުވާލު އުފެދިފައިވެއެވެ.

ޓެމޫގެ މޮޑެލް ބިނާވެފައިވަނީ ޗައިނާގެ އުފެއްދުންތެރިންގެ ފަރާތުން ސީދާ ސޯސްކޮށް، އުފެއްދުންތެރިންނާއި ކޮންސިއުމަރުންގެ  ދެމެދުގައި އުލޭ މެދުވެރިން ނައްތާލުމަށެވެ. މި ސްޓްރެޓެޖީ ނަތީޖާ އަކަށްވީ ސިއްސުވާލާފަދަ އަގުހެޔޮ މުދާތަކެއް ކޮންސިއުމަރުންނަށް ލިބުމެވެ. މިސާލަކަށް އަންހެނުންގެ ޓީޝާޓް 3-5 ޑޮލަރަށް ވުރެ ކުޑަ އަގެއްގައި ލިބޭއިރު، އެމެޒޯން އިން 8-15+ ޑޮލަރު ނުވަތަ ވޯލްމާޓް އިން 5-10+ ޑޮލަރަށް ލިބެން ހުރެއެވެ. ހަމައެފަދައިން ޓެމޫގައި 10-20 ޑޮލަރަށް ވިއްކާ ވަޔަރލެސް އިއާބަޑްސް ވެސް ވާދަވެރި ޕްލެޓްފޯމްތަކުގައި ނަންހުރި ބްރޭންޑްތަކަށް 50+ ޑޮލަރުގެ އަގުގެ ތަފާތެއް ފެނެއެވެ.

ޓެމޫ އިން އިންތިހާއަށް އަގުހެޔޮކުރުމަށް ސަމާލުކަން ދިނުމުން ޕްރޮޑަކްޓްގެ ފެންވަރު ދައްކަމާއި، ވަގު މުދަލާއި، ސަޕްލައި ޗޭންގެ ތެރޭގައި ގެންގުޅޭ މިންގަނޑުތަކާއި ގުޅޭގޮތުން ކުރިމަތިވާނެ ކަންކަމާ މެދު ކަންބޮޑުވުންތައް އުފެދެއެވެ. މީގެ އިތުރުން ޝިޕިންގެ މައްސަލަތައްވެސް ފެންމަތިވަމުންދާކަންވެސް ފާހަގަވެފައިވެއެވެ.

ޓެމޫގެ މޮޑެލް ދިގު މުއްދަތަކަށް ކުރިއަށް ގެންދެވޭނެކަމަކީ ކުރެވޭ ބޮޑުސުވާލެވެ. ހިމަރޮނގެްފަދަ މާރޖިންސް އާއި އެކު ފައިދާ ދެމެހެއްޓުމަކީ ޚަރަދު ކުޑަކުރުމާއި ކޮލިޓީ ކޮންޓްރޯލް، އެތިކަލް ސޯސިންގ، އަދި ކަސްޓަމަރ ސާވިސް އެކްސްޕެކްޓޭޝަންސް އަށް ޙައްލު ހޯދައިދިނުމާ ދެމެދު ނާޒުކު ބެލެންސެއް އޮންނަން ކަމެކެވެ.

ޓެމޫގެ ބާޒާރަށް ނުކުތުމާއިގުޅީގެން  އީ-ކޮމާސްގެ މަންޒަރަށް އާ ވާދަވެރިކަމެއް އުފެދި، އަގު ކަނޑައެޅުމުގެ ވަށައިގެން ކޮންސިއުމަރ އުންމީދުތައް އަލުން ބައްޓަން ކުރެވިދާނެއެވެ. ކާމިޔާބު ވެއްޖެނަމަ، ގާއިމްވެފައިވާ ރީޓެއިލް ވިޔަފާރިވެރިންނަށް އެމީހުންގެ ސްޓްރެޓެޖީތައް އަލުން އިވެލުއޭޓް ކުރުމަށް މަޖުބޫރު ކުރެވިދާނެ އެވެ. ޓެމޫގެ ޓްރެޖެކްޓަރީގެ ސަބަބުން ދުނިޔޭގެ ރީޓެއިލް މާކެޓުގެ ތަރައްގީވަމުން އަންނަ ޑައިނަމިކްސްއަށް އާއު ހިޔާލުތަކެއްވެސް ލިބިގެންދާނެ އެވެ.

މުހިންމު ސުވާލުތައް އަދިވެސް އޮތީ: ކޮލިޓީ ކޮންޓްރޯލް ކުރުމުގެ ހަރުދަނާ މެކޭނިޒަމްތަކަށް ޓެމޫ އިންވެސްޓް ކުރާނެ ހެއްޔެވެ؟ ޑެލިވަރީ ކުރުމަށް ހިނގާ ވަގުތު ރަނގަޅު ކުރުމަށް ސަޕްލައި ޗޭން އޮޕްޓިމައިޒް ކުރެވޭނެ ހެއްޔެވެ؟

ޓެމޫ އިން ދަނީ ގަބޫލުކުރަން ދަތި ވަރުގެ ހެޔޮ އަގުތަކުން ކަސްޓަމަރުން އިތުރުކުރަމުންނެވެ. ނަމަވެސް އެކުންފުނީގެ ހަލުވި ކުރިއެރުން ލިބެމުން މިދަނީ ބޮދު ޚަރަދެއް ކޮށްގެންނެވެ. ޓެމޫ އިން ދަނީ އިޝްތިހާރު ކުރުމަށް ބިލިއަން ޑޮލަރު ހޭދަކުރަމުން، ވާދަވެރިންނަށް ޑިޖިޓަލް އިޝްތިހާރުގެ އަގުތައް މައްޗަށް ދުއްވައި، އެ ކުންފުނި ފުޅާކުރުމަށް ކުރެވެން ހުރި އެންމެހާކަންތައްތައް ކުރަމުންނެވެ. ނަމަވެސް މިގޮތުގައި ހިފެހެއްޓޭނެބާއޭ އެއީ ވެސް އުފެދޭ ސުވާލެކެވެ.