މާރޗްމަހުގެ ނުވަވަނަދުވަހު ނަންމަޝްހޫރު ބާރބީ ޑޯލް އަށް 65 އަހަރު ފުރިއްޖެއެވެ. 1959 ވަނަ އަހަރު ބާޒާރަށް ނެރެވުނު ބާރބީ އަކި ވަރަށް ގިނަ ބައެއްގެ ޅަފުރާގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ އެއްޗެކެވެ. މިވީ ގިނަ އަހަރަތަކެއްގައި ބޮޑެތި ބަދަލުތަކެއް އައިސްފައި ވެއެވެ. މިގޮތުން މިވަގުތު ބާޒާރުގައި 250 އަށްވުރެ ގިނަ ބާވަތުގެ ބާރބީ ލިބެން ހުރެއެވެ.
2022 ވަނަ އަހަރު ބާރބީ އަށް ލިބިފައިވަނީ 1.5 ބިލިއަންގެ އާމްދަނީއެކެވެ. ބާރބީ އުފައްދަނީ އެމެރިކާގެ ކުންފުންޏެއްކަމަށްވާ މެޓޭލް އިންނެވެ. އަދި މިކުންފުނިން ބާރބީ ޑޯލް އުފެއްދުމުގެ އިތުރުން ބާރބީ އެކްސަސަރީސް އާއި ބާރބީ ފިލްމްވެސް ހަދައެވެ.
އަލިމަސް އަހަރު ފާހަގަ ފާހަގަކުރުމުގެ ގޮތުން އަންހެނުން ބާރުވެރި ކުރުމުގެ ރަމްޒެއްގެ ގޮތުގައި ބާރބީ ހެދުމަށް ޝަނާޔާ ޓްވައިން ފަދަ ރޯލްމޮޑަލުން ތައާރަފްކުރުމަށް ވަނީ ނިންމާފައެވެ. ބާރބީ ފުރަތަމަ ރަމްޒުކޮށް ދޭން މަސައްކަތްކުރީ ފެޝަންކަމުގައިވެިޔަސް މިއަދު ބާރބީ އަދާކުރާ ރޯލްގެ ސަބަބުން ޅައަންހެން ކުދިންނަށް އެކުދިން އުންމީދުކުރާ ކޮންމެ ދައުރެއް އަދާކުރުމަށް ބާރުދޭނޭ ރަމްޒެއްކަމަގައި ވެގެންދާނެއެވެ.