މިލިއުން ޝެއަރ ކުރައްވާ

ކަރާފެޅުމުގެ ގްރޭންޑް ޕްރައިޒް ލިބުނީ ޝާދިޔާއަށް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އާޓިފިޝަލް އިންޓެލިޖެންސްގެ އިންގިލާބީ ކުރިއެރުންތަކާއެކު ދުނިޔޭގެ މަސައްކަތުގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް އަންނަނީ

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ނިމިދިޔަ ރޯދަ މަހު އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ކަރާފެޅުން ޗެލެންޖުގެ ގްރޭންޑް ޕްރައިޒް މަރިޔަމް ޝާދިޔާއަށް ލިބިއްޖެ އެވެ.

އުރީދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އިނާމުތައް ޝާދިޔާގެ ބަދަލުގައި އައި އޭނާގެ ކޮއްކޮ އައިޝަތު ނުޒްލާއާ ވަނީ ހަވާލުކޮށްފަ އެވެ.

ނުޒްލާ ބުނީ ޝާދިޔާއަށް ބޮޑު އިނާމެއް މީގެ ކުރިން ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް މި އިނާމު ލިބޭނެ ކަމަށް އޭނާ ވަރަށް ބޮޑަށް ޔަގީންކޮށްގެން ހުރި ކަމަށެވެ.

“ކޮއްކޮ ބުނެފައި އޮތީ ތިމަންނައަށް ޔަގީނޭ ލިބޭނެއޭ. ވަރަށް އަސްލު މަޖާ އެއްކޮށް ކަރާ ފަޅަން. ފްރީ ޓައިމެއް ލިބުނަސް ޓެޕްކޮށްލަނީ ހަމަ ވަދެލާފައި،” އޭނާ ބުންޏެވެ.

ދުވާލެއްގެ މައްޗަށް 200 ޓެޕް ކޮށްގެން ކަސްޓަމަރުންނަށް ގްރޭންޑް ޕްރައިޒަށް ވާދަކުރެވުނުއިރު، ނުޒްލާ ބުނީ ލިބުނު ހުސްވަގުތުތަކުގައި ޓެޕްކުރި ކަމަށެވެ.

ނުޒްލާ ބުނީ އިނާމުގެ ގޮތުގައި ލިބުނު އެޕަލްގެ 10 އުފެއްދުން އާއިލާ މެންބަރުންގެ މެދުގައި ބަހާލުމަށް ނިންމާފައިވާ ކަމަށެވެ.

އުރީދޫ އިން ރޯދަ މަހާ ދިމާކޮށް ކަސްޓަމަރުން ޝައުގުވެރިވާ ޕްރޮމޯޝަންތައް އަބަދުވެސް ހިންގާ، އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލަ އެވެ.