މިލިއުން ޝެއަރ ކުރައްވާ

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

އުރީދޫ ނޭޝަންގެ އެޓޯލް އީސްޕޯޓްސް ލީގުގައި ބައިވެރިވާން ހުޅުވާލައިފި

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ބޭންކް އިންކަމް ޓެކްސް އާމްދަނީ މިދިޔަ އަހަރު 51.9 ޕަސަންތް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ.

ބޭންކް އިންކަމް ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު 1.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އަންދާޒާކުރި އާމްދަނީއާ އަޅާބަލާއިރު 48 ޕަސަންޓް އިތުރު އަދަދެކެވެ.
ބޭންކް އިންކަމް ޓެކްސްގެ ގޮތުގައި 2023 ވަނަ އަހަރު ލިބިފައިވަނީ 967 މިލިއަން ރުފިޔާ އެވެ.
މިވަގުތު ބޭންކުތަކުން ދައްކަމުންދާ ޓެކްސްގެ ރޭޓަކީ އެ ފަރާތުގެ ޓެކްސް ބިނާވާ އާމްދަނީގެ 25 ޕަސަންޓެވެ. އިންކަމް ޓެކްސް ގަވައިދުގެ ދަށުން ބޭންކުތަކަކީ ޓެކްސް ނަގާ ގޮތަށް ކަނޑައެޅިފައިވާ ފަރާތްތަކެކެވެ.
ބޭންކް އިންކަމް ޓެކްސް އާމްދަނީ ލަފާކުރަނީ ވޭތުވެދިޔަ އަހަރުތަކުގައި ބަލައިގަތް އާމްދަނީގެ އެވްރެޖާއި ފައިނޭންޝަލް ސެކްޓަރުގެ ޖީޑީޕީ ކުރިއަރާނެ މިންވަރާ އާލާކިޔުމަށްފަހު އެވެ.
ކުރީގެ އަހަރުތަކާ އަޅާ ބަލާއިރު މިދިޔަ އަހަރު ފައިނޭންޝަލް ސެކްޓަރުގެ ޖީޑީޕީ 8.88 ޕަސަންޓް ކުރިއަރާފައިވެ އެވެ.