އުރީދޫއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް, އެޕަލް ގަޑިއަށް އީ-ސިމް ލޯންޗުކޮށްފިއެވެ.
މިކަން އިއުލާނުކޮށްފައި ވަނީ އުރީދޫ މޯލްޑިވްސްއަށް 20 އަހަރު ފުރުމާ ގުޅުވައި “ލިވް އަންލިމިޓެޑް” ކެމްޕެއިން ލޯންޗުކުރުމަށް އުރީދޫގެ މައި އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
އުރީދޫއިން ބުނީ މި ކެމްޕެއިން އެ ކުންފުނިން ކުރިއަށްގެންދަނީ އެޕަލްއާ އެކުގައި ހަދާފައިވާ ޕާޓްނާޝިޕްގެ ދަށުން ކަމަށެވެ.
ނިޔާޒް ވިދާޅުވީ ފުރަތަމަ ހަ މަސް ދުވަހު މި ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ހިލޭ ކަމަށެވެ. އެއަށްފަހު މި ޚިދުމަތަށް ކޮންމެ މަހަކު 199 ރުފިޔާ ޗާޖް ކުރާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ނިޔާޒް ވަނީ މިއީ އުރީދޫއިން ރާއްޖެއަށް މުޅިން އަލަށް ތައާރަފުކުރި ކަމެއްކަން ފާހަގަކުރައްވައިފައެވެ.