މިލިއުން ޝެއަރ ކުރައްވާ

އެމްޓީސީސީ “ކަށަވަރު ޕްރޮމޯ”ގެ ނަސީބުވެރިޔާ ހޮވައިފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

އުރީދޫ ނޭޝަންގެ އެޓޯލް އީސްޕޯޓްސް ލީގުގައި ބައިވެރިވާން ހުޅުވާލައިފި

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އެމްޓީސީސީން މިދިޔަ ނޮވެމްބަރު މަހުން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ “ކަށަވަރު ޕްރޮމޯ”ގެ ލަކީޑްރޯ ނަގައިފި އެވެ.

އެމްޓީސީސީގެ “ކަށަވަރު ޝޯރޫމް”ގައި އޮތް ރަސްމިއްޔާތުގައި ގުރުއަތު ނެގީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ. މިދިޔަ އަހަރުގެ “ކަށަވަރު ޕްރޮމޯ”ގެ ލަކީޑްރޯއިން ހޮވުނީ އަހުމަދު އާލިމް އެވެ. މި ޕްރޮމޯގެ ދަށުން ދެނީ 175 ހޯސްޕަވަރުގެ ސުޒުކީ އިންޖީނެކެވެ.

އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވީ މި ޕްރޮމޯޝަންގެ އެންމެ ބޮޑު ބޭނުމަކީ އެ ކުންފުނީގެ ކަސްޓަމަރުން އިތުރުކުރުން ކަމަށެވެ. އަދި އޭނާ ވިދާޅުވީ މި ޕްރޮމޯޝަނަކީ އެ ކުންފުނީގެ ޕްރޮޑަކްޓުތައް އިތުރަށް ޕްރޮމޯޓުކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ބާއްވަމުންދާ ޕްރޮމޯޝަނެއް ކަމަށެވެ.

ޒިޔާދު ވިދާޅުވީ އެމްޓީސީސީގެ މެރިން ޕްރޮޑަކްޓުތައް ވިއްކަމުން އަންނަ “ކަށަވަރު” ޝޯރޫމް ތަރައްގީކޮށް އަޕްގްރޭޑުކުރުމުގެ މަސައްކަތްތަކާއި އެ ތަނުން ވިއްކާ ޕްރޮޑަކްޓުތައް އިތުރުކުރުމުގެ މަސައްކަތް ކުރުމަށް މިހާރު ރާވައިފައިވާ ކަމަށެވެ.

ޒިޔާދު ވިދާޅުވީ އަމާޒަކީ އެ ކުންފުނީގެ ސޭލްސް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 60 ޕަސެންޓަށް އިތުރުކުމެވެ.

އެމްޓީސީސީއިން ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުން ޑިސެމްބަރު މަހަށް “ކަށަވަރު ޕްރޮމޯ”ގެ ނަމުގައި ޕްރޮމޯޝަނެއް ކުރިއަށް ގެންދެ އެވެ. މި ޕްރޮމޯޝަނުގައި ބޮޑެތި ޑިސްކައުންޓުތައް ވެސް ދެ އެވެ.