މިލިއުން ޝެއަރ ކުރައްވާ

މެރިން އެކްސްޕޯގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއި ސޮއިކޮށްފި.

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

‘އަރަބިއަން ޓްރެވަލް މާކެޓް’ ދުބާއީގައި މިއަދު ފަށައިފި

އިގުތިސާދީ ކުރިއެރުން އާ ޓާމިނަލް ބޭނުންކުރަން ފެށުމާ ގުޅިފައި!

އަހަރު ނިމޭ އިރު އެމްޕީއެލްގެ ފައިދާ 100 މިލިއަނަށް

މޯލްޑިވްސް މެރިން އެކްސ މެރިން އެކްސްޕޯގެ 10 ވަނަ އެޑިޝަންގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއެކު ރަސްމީ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އިއްޔެ ބޭއްވިއްޖެއެވެ.

މީޑިއަމް އިވެންޓްސްގެ އިންތިޒާމުގައި އަހަރަކު އެއްފަހަރު ބާއްވާ މޯލްޑިވްސް މެރިން އެކްސްޕޯއަކީ ދިވެހިރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާއަށް ޚާއްޞަކޮށްގެން ބާއްވާ ފާހަގަކޮށްލެވޭ އިވެންޓެކެވެ.

މި އަހަރުގެ އެކްސްޕޯގެ މައި ސްޕޮންސަރަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެވެ. މީގެ އިތުރުން، ކޯ-ސްޕޮންސަރުންގެ ގޮތުގައި ގަލްފްކްރާފްޓް މޯލްޑިވްސް، ޖެއިލްބޫޓް މެރިން ސާވިސަސް، އަލް ދައިން އަދި ޕޮލަރިސް ނެވިގޭޓާސް ހިމެނެއެވެ.

މި އެކްސްޕޯއަކީ ކަނޑުދަތުރުފަތުރުގެ ސިނާޢަތުގައި ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްހޫރު އުފެއްދުންތަކާއި ޚިދުމަތްތައް ޢާންމުންނަށް ދައްކުވައިދިނުމަށް ބާއްވާ ފުފުރުޞަތެކެވެ.

އިވެންޓްސް ޕްރައިވެޓް ލިމިޓެޑުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އަހަރުގެ އެކްސްޕޯގައި އިސްކަމެއް ދެވިފައިވަނީ އުޅަނދުފަހަރު ބަނުމާއި، ސްޕެއަރ ޕާޓްސްތަކާއި، މެޝިނަރީއާއި، މަސްވެރިކަމުގެ ސާމާނާއި، ޑައިވިންގ އަދި ވޯޓަރ ސްޕޯޓްސް އާލާތްތަކާއި، އަދި ކަނޑާ ގުޅުންހުރި އެހެނިހެން ޚިދުމަތްތަކަށެވެ.

އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް މަހުގެ 6 އިން 9 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.