މިލިއުން ޝެއަރ ކުރައްވާ

އަހަރު ނިމޭ އިރު އެމްޕީއެލްގެ ފައިދާ 100 މިލިއަނަށް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

އެކްސިޑެންޓެއް ހިނގައިފި، ތަހުގީގު ކުރަން ފަށައިފި” – މިހިސާބުން ނިންމާލެވޭކަށް ނެތް…

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

މި އަހަރު ނިމޭއިރު އެމްޕީއެލްގެ ފައިދާ 100 މިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވިދާޅުވެއްޖެ އެވެ.

ރިޝްވާން މިދިޔަ ހަފުތާގައި ވިދާޅުވީ، މިދިޔަ އަހަރު އެމްޕީއެލްގެ ފައިދާ ހުރީ 75 މިލިއަން ރުފިޔާގައި ކަމަށެވެ. މީގެ ކުރިން އެއީ 200 މިލިއަން ރުފިޔާގެ ފައިދާ ވެސް ހޯދަމުން އަންނަ ކުންފުންޏެކެވެ. އެހެންވެ މި ވަގުތު މާލީ ހާލަތު އޮތީ އެހާ ރަނގަޅަށް ނޫން ކަމަށް މި އަހަރުގެ ފެބްރުއަރީ 5 ގައި މަގާމާ ހަވާލުވެވަޑައިގެންނެވި ރިޝްވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ކުންފުނީގެ ހާލަތު އެހާ ބޮޑަށް ދަށްވެފައިވަނީ، ބޮޑެތި އިންވެސްޓްމެންޓްތަކެއް ކުރުމާ ގުޅިގެން ކުރަން ޖެހޭ ހަރަދުތައް އިތުރުވުމުންނެވެ. އެކަމަކު މި އަހަރުން ފެށިގެން އެ ހާލަތު ބަދަލު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރިޝްވާން ވިދާޅުވި އެވެ.

“އާ ޕޯޓުގެ މަސައްކަތާއި ޕްރޮޖެކްޓްތައް މަޑުމަޑުން ފެށޭ ހިސާބުން ތިން ޑިޖިޓް ފިގާއަކަށް އެކަން ބަދަލު ކުރެވޭނެ. އަޅުގަނޑުމެން ވިސްނަމުން ދަނީ މިހާރު ނިންމާފައި ހިސާބު ކުރާ އިރު އެ ފައިދާ އަޅުގަނޑުމެން ކުރާނީ ތިން ޑިޖިޓްގެ ފިގާއެއްގައި،” އޭނާ ވިދާޅުވި އެވެ.

ރިޝްވާން ވިދާޅުވީ، މިވަގުތު ކުންފުނީގެ އެންމެ ބޮޑު ޕްރޮޖެކްޓަކީ ތިލަފުއްޓަށް ކޮމާޝަލް ހާބަރު ބަދަލުކޮށް، އޮޕަރޭޝަން ފެށުން ކަމަށެވެ. އެއާ އެކު، މިވަގުތު އެމްޕީއެލްގެ ދަށުގައި ހުރި އަތޮޅުތެރޭގެ ޕޯޓުތަކުގެ ހިދުމަތް ވެސް ފުޅާކުރަން އިސްކަން ދޭނެ ކަަމަށް ވިދާޅުވި އެވެ. އެހެންވެ، އާ ކަންކަން ކުރުމުގެ ބަދަލުގައި، ހުރި ހިދުމަތްތައް ފުޅާކޮށް އާމްދަނީ އިތުރު ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް ރިޝްވާން ވިދާޅުވި އެވެ.